އޮސްޓްރޭލިއާގެ އިގްތިސާދު 30 އަހަރަށް ފަހު ޑިޕްރެޝަންއާ ދިމާއަށް މިސްރާބު ޖަހައިފިއެވެ.
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ގެ ސަބަބުން ގިނަ ގައުމުތަކެއްގެ އިގްތިސާދު ދަނީ ދަށަށް ދަމުންނެވެ. އެގޮތުން އޮސްޓްރޭލިއާގެ އިގްތިސާދަށް ވެސް މިވަނީ ފޫނުބެދޭވަރުގެ ގެއްލުމެއް ކުރިމަތިވެފައެވެ.
30 އަހަރަށްފަހު 'އިކޮނޮމިކް ޑިޕްރެޝަން' އަކަށް އެގައުމުގެ އިގްތިސާދު މިވަނީ މިސްރާބު ޖަހާފައެވެ.
މީގެއިތުރުން ވެސް ފަތުރުވެރިކަން އިންތިހާ ދަރަޖައަށް ދަށަށް ގޮސްފައިވުމާއެކު އެ ގައުމުގެ ހާރިޖީ ވިޔަފާރި މުއާމަލާތްތައް ވަނީ ދަށަށް ގޮސްފައެވެ.
ހޮޓާތައް ބަންދު ކުރުމާ ރެސްޓޯރެންޓްތައް އަދި ކުދި ވިޔަފާރިތައް ބަންދު ކުރުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ އެގައުމުގެ ވަކިވަކި ފަރުދުންގެ ފުދުންތެރިކަން ވެސް ދަށަށް ދިއުމެވެ.
ފާއިތުވި 29 އަހަރު އޮސްޓްރޭލިއާ ގެ އިގްތިސާދު ވަނީ ނުހަނު ބޮޑަށް ކުރިއަރާފައެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން އެ ގައުމުގެ ވިޔަފާރިތައް ދަށަށްގޮސް އެގައުމުގެ އިގްތިސާދު މިވަނީ ނާޒުކު ފައްތަރަކަށް ވެއްޓިފައެވެ.