ކ. މާލެ
|
2 ސެޕްޓެންބަރ 2020 | ބުދަ 09:49
ލަންކާގެ އިދިކޮޅު ލީޑަރު
ލަންކާގެ އިދިކޮޅު ލީޑަރު
ޑެއިލީ މިރޯ
ލަންކާގެ ސިޔާސީ މަޝްރަހު
އިދިކޮޅުގައި ތިބި ނަމަވެސް ގައުމު ތަރައްގީ ކުރަން މަސައްކަތް ކުރެވޭނެ: ލަންކާގެ އިދިކޮޅު ލީޑަރު
ރައްޔިތުންނަށް ހިދުމަތް ކުރެވޭނެ ކަމަށް ވިދާޅުވި

ސަރުކާރާ ދެކޮޅު ސިޔާސީ ޕާޓީއެއްގައި ތިބި ނަމަވެސް ގައުމު ތަރައްގީކުރަން މަސައްކަތް ކުރެވޭނެ ކަމަށް ލަންކާގެ އިދިކޮޅު ލީޑަރު ސަޖިތް ޕްރޭމްދާސަ ވިދާޅުވެއްޖެ އެވެ.

ލަންކާގެ އިދިކޮޅު މައި ޕާޓީ، ސަމަޖި ޖަނަ ބަލަވެގަޔަ (އެސްޖީބީ) ގެ ލީޑަރު އެހެން ވިދާޅުވީ، ސިއްހީ ސާމާނުތަކެއް ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުންނެވެ. ސަޖިތް ވިދާޅުވީ، އެހެން ޕާޓީތަކުން ރައްޔިތުންނަށް ހިދުމަތް ދޭން މަސައްކަތް ކުރަނީ އެ މީހުންނަށް ވެރިކަން ލިބުމުން ކަމަށެވެ. އެކަމަކު އެސްޖޭބީ އަށް ވިސްނިފައިވާ ގޮތުގައި ގައުމު ތަރައްގީ ކުރަން އިދިކޮޅުގައި ތިބެގެންވެސް މަސައްކަތް ކުރެވިދާނެ ކަން ކަމަށް އޭނާ ވިދާޅުވިއެވެ.

ސަޖިތް އަކީ 2019 ވަނަ އަހަރު ބޭއްވި ލަންކާގެ ރިޔާސީ އިންތިހާބުގައި ވާދާކުރެއްވި ބޭފުޅެކެވެ. ގާނޫނު ހަދާ މަޖިލީހުގައި ކޮލަމްބޯ ޑިސްޓްރިކް ތަމްސީލު ކުރައްވާ ސަޖިތް އަށް ވަނީ އިންތިހާބުގައި ވޯޓުލި މީހުންގެ 41.99 އިންސައްތަ ވޯޓް ލިބިވަޑައިގަންފައެވެ. އިދިކޮޅު ޕާޓީގެ ލީޑަރުކަމަށް ސަޖިތް ހޮވި ވަޑައިގެންނެވީ މި އަހަރު ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް