ކ. މާލެ
|
1 ސެޕްޓެންބަރ 2020 | އަންގާރަ 21:16
ސައުދީގެ ރަސްގެފާނު ކިންގް ސަލްމާން: ކިންގް ސަލްމާން ވަނީ ކޮރަޕްޝަނުގެ އަމަލު ހިންގި ފަރާތްތަކަށް އަދަބު ދިނުމުގެ އަމުރެއް ނެރިފައި
ސައުދީގެ ރަސްގެފާނު ކިންގް ސަލްމާން: ކިންގް ސަލްމާން ވަނީ ކޮރަޕްޝަނުގެ އަމަލު ހިންގި ފަރާތްތަކަށް އަދަބު ދިނުމުގެ އަމުރެއް ނެރިފައި
ޓްވިޓަރ
ސައުދީގެ ޑިފެންސް މިނިސްޓްރީީއަށް ކޮރަޕްޝަނުގެ ތުހ
ކޮރަޕްސަނުގެ ތުހުމަތާއިއެކު ސައުދީގެ ޑިފެންސް މިނިސްޓްރީގެ ބައެއް އޮފިސަރުން ވަކި ކޮށްފި
ޑިފެންސް މިނިސްޓްރީގެ ބިޑް ކޮމެޓީގެ ގިނަ އަދަދެއްގެ މުވައްޒަފުން މަގާމުން ވަކި ކުރުމަށް ސައުދީ ސަރުކާރުން ވަނީ ނިންމާފައި

ދެ މިސްކިތެއް ހެދުމުގައި ސައުދީގެ ޑިފެންސް މިނިސްޓްރީގެ އިސްވެރިން ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގާފައިވާ ކަމުގެ ތުހުމަތު ކޮށް، ސައުދީގެ ރަސްގެފާނު ކިންގް ސަލްމާނު ބައެއް އޮފިޝަލުން މަގާމުން ވަކި ކޮށްފިއެވެ.

ސައުދީގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި، ސައުދީގެ ރަސްގެފާނު ވަނީ އެ ގައުމުގެ ޑިފެންސް މިނިސްރީގެ ކޮރަޕްޝަނުގެ މައްސަލަތައް ބަލާ، ކޮރަޕްޝަން ހިންގައިފައިވާ ފަރާތްތަކަށް އަދަބު ދިނުމުގެ އަމުރެއް ނެރެފައެވެ.

ދެ މިސްކިތެއް ހެދުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ އިސްވެރިންގެ ތެރޭގައި ކޮމާންޑަރ އޮފް ޖޮއިންޓް ފޯސް ފަހުދު ބިން ޓާކީ ބިން އަބްދުލް އަޒީޒް ވެސް ހިމެނެއެވެ. ރިޕޯޓްތައް ބުނާ ގޮތުން ސައުދީގެ ރަސްގެފާނު ވަނީ އަބްދުލް އަޒީޒް ވެސް މަގާމުން ވަކި ކޮށްފައެވެ. މީގެ އިތުރުން ގަލްފް އަށް ކަނޑައަޅާފައި ހުންނަ ޑެޕިއުޓީ ސަފީރެއް ވެސް ވަނީ މަގާމުން ވަކި ކޮށްފައެވެ. އެކަމަކު އޭނާގެ ނަމެއް ސައުދީ ސަރުކާރުން ހާމަ ކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން ޑިފެންސް މިނިސްޓްރީގެ ބިޑް ކޮމެޓީގެ ގިނަ އަދަދެއްގެ މުވައްޒަފުން މަގާމުން ވަކި ކުރުމަށް ސައުދީ ސަރުކާރުން ވަނީ ނިންމާފައެވެ.

ޑިފެންސް މިނިސްޓްރީ އަށް ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތު ތަކެއް ކޮށްފައިވާއިރު ސައުދީ ސަރުކާރުން ބުނީ ކޮރަޕްޝަނުގެ އަމަލުގައި ކުޑަކޮށް ބައިވެރިވެފައި ހުރި މީހެއް ކަމުގައި ވިޔަސް އެ މީހަކު މަގާމުން ދުރުކޮށް ހައްގު އަދަބު ދޭނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް