ކ. މާލެ
|
1 ސެޕްޓެންބަރ 2020 | އަންގާރަ 16:43
އިިންޑިޔާގައި ކޮވިޑް-19 އަށް ޓެސްޓުކުރަން ސާމްޕަލް ނަގަނީ
އިިންޑިޔާގައި ކޮވިޑް-19 އަށް ޓެސްޓުކުރަން ސާމްޕަލް ނަގަނީ
އަލްއަރަބިއްޔާ
އިންޑިޔާ ޕޮޒިޓިވް ކޭސް އިތުރުވުން
އިންޑިއާއިން ދުވާލެއްގެ މައްޗަށް ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ލައްކައަކާއި ކައިރި ކުރަނީ
އިއްޔެ ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 80000 ވުރެއް މައްޗަށް އަރާފަ
މިއީ މުޅި ދުނިޔެއިން އެއްގައުމަކުން އެންމެ ގިނައިން މީހުން ޕޮޒިޓިވްވެގެން ރިޕޯޓުކުރި ފަހަރު
އިންޑިޔާއިން 3.69 މިލިއަންއަށްވުރެއް ގިނަ މީހުންނަށް ވައިރަސް ޖެހިފައިވޭ
މި ބަލީގައި 65,288 ވުރެއް ގިނަ މީހުން ވަނީ މަރުވެފަ

އިންޑިޔާއިން ދުވާލެއްގެ މައްޗަށް ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ލައްކަ އަކާއި ކައިރިކުރަނީއެވެ. އޯގަސްޓު 27 އިން ފެށިގެން ޕޮޒިޓިވްވާ ކޭހުގެ އަދަދު އުޅެނީ 7000 އިން މަތީގައެވެ.

އިންޑިޔާގައި އޮގަސްޓް މަހުގެ 7 ވަނަ ދުވަހުން ފެށިގެން ރިކޯޑް އަދަދަކަށް މީހުންނަށް އަންނަނީ ވައިރަސް ޖެހުމުންނެވެ.

މިގޮތުން އިންޑިޔާއިން އެންމެގިނައިން މީހުން ޕޮޒެޓިވް ވެފައި ވަނީ 31 އޯގަސްޓުގައެވެ. އިއްޔެ ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 80000 ވުރެއް މައްޗަށް އަރާފައެވެ. މިއީ މުޅި ދުނިޔެއިން އެއްގައުމަކުން އެންމެ ގިނައިން މީހުން ޕޮޒެޓިވް ވެގެން ރިޕޯޓުކުރި ފަހަރެވެ. މި އަދަދާ އެންމެ ގާތްކުރާ އަދަދަކައް ޕޮޒެޓިވްވެފައި ވަނީ އެމެރިކާއިގައެވެ. އެމެރިކާއިން އެންމެ ގިނައިން ޕޮސިޓިވް ކޭސް ރިޕޯޓު ކޮއްފައި ވަނީ ޖުލައި 17 ގައެވެ. އެދުވަހު އެގައުމުން 75800 ވުރެއް ގިނަކޭސް ރިޕޯޓުކޮއްފައިވެއެވެ.

މުޅި ދުނިޔޭގައި ދެވަނަ އަށް އެންމެ އާބާދީ ބޮޑު ގައުމު ކަމުގައިވާ އިންޑިޔާ އަކީ އެންމެ ގިނަ އަދަދެއްގެ މީހުންނަށް ވައިރަސް ޖެހިގެން ތިން ވަނަ އަށް ރިޕޯޓް ކުރަމުން އަންނަ ގައުމެވެ. އެމެރިކާ އާއި ބްރެޒިލްއަށް ފަހު އިންޑިޔާ އަކީ އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓް ކުރަމުން އަންނަ ގައުމަށްވީ ނަމަވެސް ފާއިތުވި ދެ ހަފްތާތެރޭގައި އިންޑިޔާ އިން ވަނީ މި ދެ ގައުމަށް ވުރެ ގިނައިން ދުވާލެއްގެ މައްޗަށް މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކޮށްފައެވެ.

އިންޑިޔާގެ ދިހަ ސްޓޭޓް އަކުންވަނީ 1 ލައްކަ އައްވުރެއް ގިނަ ޕޮޒިޓިވް ކޭސް ރިޕޯޓުކޮއްފައެވެ. އެންމެ ގިނައިން ޕޮޒިޓިވް ކޭސް ރިޕޯޓު ކޮއްފައި ވަނީ މަހަރާޝްޓްރައިންނެވެ. މި ސްޓޭޓްއިން އެކަނިވެސް 7 ލައްކަ އައްވުރެއް ގިނަ މީހުންވަނީ ޕޮޒިޓިވްވެގެން ރިޕޯޓު ކޮއްފައެވެ. މީގެއިތުރުން ތަމަލްނާޑޫ އާއި އަންދްރަ ޕްރަދޭޝް އިން މިއިން ކޮންމެ ސްޓޭޓަކުން 4 ލައްކައަށް ވުރެ ގިނަ މީހުންނަށް ވަނީ ވައިރަސް ޖެހިފައެވެ.

އިންޑިޔާގައި މިހާތަނަށް އައިއިރު 3.69 މިލިއަންއަށްވުރެއް ގިނަ މީހުންނަށް ވައިރަސް ޖެހިފައިވާއިރު އެ ގައުމުގައި މި ބަލީގައި 65,288 ވުރެއް ގިނަ މީހުން ވަނީ މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް