ކ. މާލެ
|
1 ސެޕްޓެންބަރ 2020 | އަންގާރަ 09:59
އެމެރިކާގެ އަސްކަރިއްޔާގެ ސިފައިންތަކެއް، ރައީސް ޓްރަމްޕްގެ ދެކަނބަލުންނާއެކު
އެމެރިކާގެ އަސްކަރިއްޔާގެ ސިފައިންތަކެއް، ރައީސް ޓްރަމްޕްގެ ދެކަނބަލުންނާއެކު
ރޮއިޓަރސް
ކޮވިޑް-19 އަށް ވެކްސިން އެއް ހޯދުން
ވެކްސިން ފޯރުކޮށްދިނުމުގައި އަސްކަރިއްޔާގެ ދައުރު ބޮޑުވާނެ
ސިފައިން ފައުޖުތައް ދަނީ މިހާރުވެސް ހަރަކާތްތެރިވަމުން
ވެކްސިން އުފެއްދުމުގައި މޮޑާނާ ވެސް އުޅެނީ ކުރީގައި
ވެކްސިން އެއް ހޯދުމުގައި ގިނަ ގައުމުތަކެއް ދަނީ ހަރަކާތްތެރިވަމުން

ކޮވިޑް-19 އަށް ވެކްސިން އެއް ހޯދިއްޖެ ހިނދެއްގައި ގިނަ އަދަދެއްގެ ބަޔަކަށް ވެކްސިން ފޯރުކޮށް ދިނުމުގައި އެމެރިކާގެ އަސްކަރިއްޔާގެ ފައުޖުތަކުންނާއި، އަސްކަރިއްޔާ ގައި މަސައްކަތް ކުރާ ސިއްހީ މާހިރުން ހަރަކާތްތެރިވާނެ ކަމަށް އެމެރިކާގެ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

ބްރިގޭޑް ޖެނެރަލް ނިކް ޑުސިޗް ވިދާޅުވީ، މިހާރު ވެސް ކޮވިޑް-19 އާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި 20،000 ވަރަކަށް ސިފައިން އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައ ޓެސްޓު ކުރާ ސައިޓްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމާއި، އެ ތަންތަން ސާފު ކުރުމުގެ އިތުރުން ކާބޯތަކެތި ފޯރުކޮށް ދިނުމުގައި ހަރަކާތްތެރިވާ އޮފިސަރުން ވެސް ހިމެނެއެވެ.

ހުކުރު ދުވަހާ ހަމަޔަށް އަސްކަރިއްޔާގެ 740 އިދާރީ މުވައްޒަފުންނާއި، ނޭވީ އެއާފޯސްގެ އިން ދަނީ ކެލިފޯނިއާ އަދި ޓެކްސަސްގައި ހަރަކާތްތެރި ވަމުންނެވެ. ކޮވިޑް އަށް ވެކްސިން އެއް ހޯދުމުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ތެރެއިން އެންމެ ކުރީގައި އުޅޭ އެމެރިކާ ކުންފުންޏަކީ މޮޑާނާއެވެ. ވެކްސިން އުފެއްދުމުގެ އެންމެ ފަހު މަރުހަލާގައި މަސައްކަތް ކުރާ މޮޑާނާ އިން ދިރާސާތަކަށް އަޖުމަ ބަލަން ހިންގާ ވެކްސިން ޕްރޮގްރާމްގައި 13،194 މީހުން ބައިވެރިވާން ވަނީ ނިންމާފައެވެ.

މޮޑާނާއިން ބުނެފައިވަނީ ކޮވިޑް-19 ވެކްސިން އާއްމު ކޮށް ބޭނުން ކުރުމަށް މިއަހަރު ނިމެންވާއިރު ލިބޭނެ ކަމަށެވެ. އެކުންފުނިން ބުނެފައިވަނީ ވެކްސިން ޓެސްޓް ކުރުމުގެ މަރުހަލާތައް ސެޕްޓެމްބަރަށް ނިންމާލެވޭނެ ކަމަށެވެ.

މިދިޔަ ހަފްތާގައި މޮޑާނާއިން ވަނީ ވެކްސިން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި އެމެރިކާ ސަރުކާރާ އެކު ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން މޮޑާނާ އިން އުފައްދާ ވެކްސިންގެ 100 މިލިއަން ޑޯޒް 1.5 ބިލިއަން ޑޮލަރަށް އެމެރިކާ ސަރުކާރުން ގަންނާނެ އެވެ.

މޮޑާނާ އިން އުފައްދާ ވެކްސިންގެ މަސައްކަތްތައް އަވަސް ކުރުމަށް އެމެރިކާ ސަރުކާރުން އެކުންފުންޏަށް އެއް ބިލިއަން ޑޮލަރުގެ އެހީ ދީފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް