ކ. މާލެ
|
1 ސެޕްޓެންބަރ 2020 | އަންގާރަ 22:24
ކޮވިޑް-19 އަށް އުފައްދާ ވެކްސިން
ކޮވިޑް-19 އަށް އުފައްދާ ވެކްސިން
ސައުދީގެޒެޓް
ކޮވިޑް-19 ވެކްސިން
ހާހަކަށްވުރެ ގިނަ ވޮލެންޓިއަރުންނަށް ޔޫއޭއީގެ ވެކްސިން ދީފި
މި ޓްރައިލްތައް ބަލަހައްޓަނ އަބޫދާބީގެ ޖީ42 ހެލްތު ކެއާ އާއި ޔޫއޭއީގެ ޑިޕާޓްމަންޓް އޮފް ހެލްތު އާއި ގުޅިގެން
ވެކްސިންގެ ފޭސް ތްރީގެ ފުރަތަމަ ޓްރައިލްގައި 120 ގައުމަކުން 31،000 މީހުންނަށް ވެކްސިން ދޭނެ

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ކޮވިޑް-19 އަށް އުފައްދާ ވެކްސިންގެ ފޭސް 3 ގެ ފުރަތަމަ ޓްރައިލްގައި ހާހަކަށްވުރެ ގިނަ ވޮލެންޓިއަރުންނަށް ވެކްސިން ދީފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ވެކްސިންގެ ފޭސް ތްރީގެ ފުރަތަމަ ޓްރައިލްގައި 120 ގައުމަކުން 31،000 މީހުންނަށް ވެކްސިން ދޭނެއެވެ. އެގޮތުން ވެކްސިންއަށް ޓެސްޓު ކުރުމުގެ މި ޓްރައިލްތައް ބަލަހައްޓަމުންދަނީ އަބޫދާބީގެ ޖީ42 ހެލްތު ކެއާ އާއި ޔޫއޭއީގެ ޑިޕާޓްމަންޓް އޮފް ހެލްތު އާއި ގުޅިގެންނެވެ.

ޔޫއޭއީގެ ޑިޕާޓްމަންޓް އޮފް ހެލްތުއިން ބުނީ ކުރިޔަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި މި ވެކްސިން ރަޖިސްޓްރީ ކުރެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށާއި، ވެކްސިންގެ ކުރީގެ ފޭސްތަކުން އުންމީދީ ކުރިއެރުން ތަކެއް ހޯދިފައިވާ ކަމަށެވެ.

ޑިޕާޓްމަންޓް އޮފް ހެލްތުން އިތުރަށް ބުނީ ވެކްސިންގެ ފޭސް ތްރީގެ ފުރަތަމަ ޓްރައިލް ފަށާފައިވާރު، މި ޓްރައިލްގައި ވެކްސިން ޖެހުމަށް މިހާރުވެސް ގިނަ އަދަދެއްގެ ވޮލެންޓިއަރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ރަޖިސްޓްރީ ކުރަމުން އަންނަ ކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި ރަޖިސްޓްރީ ކުރި ހުރިހާ ވޮލެންޓިއަރުންނަށް ވެކްސިން ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް