ކ. މާލެ
|
31 އޯގަސްޓް 2020 | ހޯމަ 10:24
އަމިތް ޝާހު
އަމިތް ޝާހު
ޕީޓީއައި
އަމިތް ޝާހު އަށް ކޮވިޑް- ޖެހުން
އަމިތް ޝާހު ކޮވިޑުން ރަނގަޅުވެއްޖެ
ކޮވިޑު ޖެހުނުކަން އިއުލާންކުރީ މި މަހުގެ ދެ ވަނަ ދުވަހު

ކޮވިޑް-19 ޖެހުނު އިންޑިއާގެ ހޯމް މިނިސްޓަރު އަމިތް ޝާހު ބަލިން ފަސޭހަވެ ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވަ އެންމެ ނުފޫޒުގަދަ އެއް ވަޒީރު އަމިތް ޝާހު, ކޮވިޑަށް ޕޮޒިޓިވްވެގެން ވެރިރަށް ދިއްލީގައި ހުންނަ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސަވީސް (އެއިމްސް) ގައި އައީ ފަރުވާ ހޯދަމުންނެވެ.

ނަމަވެސް މިހާރު ބަލިން ފަސޭހަވެ އޭނާ ހޮސްޕިޓަލުން ދޫކޮށްލާފައިވާކަން އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އުމުރުން 55 އަހަރުފުޅުގެ އަމިތް ޝާހު އަށް ކޮވިޑު ޖެހިފައިވަނީ މި މަހުގެ ދެ ވަނަ ދުވަހުއެވެ.

އިންޑިއާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ ތިން މިލިއަނަށްވުރެ މައްޗަށް އަރަފާއެވެ. އަދި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު އުޅެނީ 64،617 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް