ކ. މާލެ
|
31 އޯގަސްޓް 2020 | ހޯމަ 10:08
އޮސްޓްރޭލިއާގައި ކޮވިޑަށް ޓެސްޓްކުރަނީ
އޮސްޓްރޭލިއާގައި ކޮވިޑަށް ޓެސްޓްކުރަނީ
ސީ.އެން.އެން
ކޮވިޑް19: އޮސްޓްރޭލިއާގެ ހާލަތު
އާދީއްތަ ދުވަހު އޮސްޓްރޭލިއާގައި ރެކޯޑް އަދަދަކަށް ކޮވިޑް-19ގެ އައު ކޭސް ރިޕޯޓު ކޮށްފި
މިހާރު އިއުލާންކޮށްފައިވާ ކާރިސާގެ ހާލަތު އަންނަ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހާ ހަމައަށް ދެމިއޮންނާނެ
73 އައު ކޭސް ފާއިތުވި 24 ގަޑިއިރު ތެރޭގައި ރިޕޯޓުކޮށްފައިވޭ
މިހާތަނަށް ޖުމްލަ 26،000 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވޭ

އޮސްޓްރޭލިއާގައި އާދިއްތަ ދުވަހު ރިކޯޑް އަދަދަކަށް ކޮވިޑް-19ގެ އައު ކޭސް ރިޕޯޓުކޮށްފިއެވެ.

އެ ގައުމުގެ ސިއްހީ ވުޒާރާއާއި ހަވާލާދީ ބައިނަލްއަގްވާމީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ބަލި އެންމެ ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ވިކްޓޯރިއާ ސްޓޭޓުން ހޯމަ ދުވަހު ވަނީ 73 އައު ކޭސް ރިޕޯޓު ކޮށްފައެވެ. އަދި 41 މީހުން މަރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. ދުވާލެއްގެ މައްޗަށް ބަލި ޖެހިގެން ރިޕޯޓު ކުރާ އަދަދު އިތުރުވަމުން އަންނައިރު މިއީ ފާއިތުވި ދުވަސްތަކުގައި އެންމެ ގިނަ އަދަދަކަށް އައު ކޭސް ރިޕޯޓު ކުރި ދުވަހެވެ.

އޮސްޓްރޭލިއާގެ ވިކްޓޯރިއާ ސްޓޭޓުގައި ކޮވިޑް19 ގެ ކޭސްތައް ކުއްލިއަކަށް އިތުރުވުމާއި ގުޅިގެން ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް، އެ ސަރަހައްދުގައި ވަނީ ކާރިސާގެ ހާލަތު ވެސް އިއުލާން ކޮށްފައެެވެ. އޭގެ އިތުރުން ވިކްޓޯރިއާ ސްޓޭޓުގެ ވެރިރަށް، މެލްބަންގެ ރައްޔިތުންނަށް ރޭގަނޑު 20:00ން ފަތިހު 05:00ށް ބޭރަށް ނިކުމެ އުޅުން ވަނީ މަނާ ކޮށްފައެވެ. އަދި ޒަރޫރީ ބޭނުންތަކުގައި ގެއަކުން އެއް ފަހަރާ ނިކުމެވޭ މީހުންގެ އަދަދު އެކަކަށް މަދުކޮށް، ދުވާލަކު އެއް ފަހަރު ކަސްރަތު ކުރަން ނިކުމެވޭ ގޮތަށް އުސޫލަށް ވަނީ ބަދަލު ގެނެސްފައެވެ.

އެންމެ ފަހުން އެޅި ފިޔަވަޅުތައް ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހާ ހަމައަށް ދެމި އޮންނާނެއެވެ. އަދި މިހާރު ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ރައްޔިތުން އަމަލު ކުރޭތޯ ބެލުމަށް ފުލުހުންނަށް އިތުރު ބާރުތަކެއް ދިނުމަށް ވަނީ ނިންމާފައެވެ.

މި ފިޔަވަޅުތައް އިއުލާން ކުރައްވަމުން ވިކްޓޯރިއާގެ ޕްރިމިއަރ ޑެނިއަލް އެންޑްރޫޒް ވަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރަން ފިޔަވަޅުތައް ހަރުކަށި ކުރީ މިހާރު ހުރި ފިޔަވަޅުތަކުގެ ނަތީޖާ ފެނުން ލަސްވެގެން ކަމަށް ވިދާޅުވެފައެވެ. އަދި މި ބަލި ފެތުރުން ހުއްޓުވޭނީ ކޮންޓްރޯލް ކުރަން އަޅާ ފިޔަވަޅުތައް ވަރުގަދަ ވެގެން ކަމަށް ވެސް ވިދާޅުވިއެވެ.

އޮސްޓްރޭލިއާގައި ކޮވިޑް ރޯގާ ޖެހިގެން ރިޕޯޓް ކުރާ މީހުންގެ އަދަދުތައް އިތުރުވެފައިވަނީ، ބަލި ކޮންޓްރޯލް ކުރުމުގައި އެ ގައުމުން ބޮޑެތި ކާމިޔާބީތަކެއް ހޯދުމަށް ފަހުއެވެ. މިހާރު އައު ފިޔަވަޅުތަކާއި އެކު އަނެއްކާވެސް ކޭސްތަކުގެ އަދަދު މަދުވަމުން އަންނައިރު މިހާތަނަށް އެ ގައުމުން 26,000 މީހަކު ޕޮޒިޓިވްވެފައިވާއިރު، ބަލި ޖެހިގެން 652 މީހަކު ވަނީ މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް