ކ. މާލެ
|
30 އޯގަސްޓް 2020 | އާދީއްތަ 17:27
ބޭރޫތުގެ ބަނދަރު ސަރަހައްދުގައި ބާރުގަދަ ގޮވުން ގޮވުމަށްފަހު އެސަރަހައްދު ހަލާކުވެފައި
ބޭރޫތުގެ ބަނދަރު ސަރަހައްދުގައި ބާރުގަދަ ގޮވުން ގޮވުމަށްފަހު އެސަރަހައްދު ހަލާކުވެފައި
ރޮއިޓަރސް
ބޭރޫތުގައި ގޮވި ބާރުގަދަ ގޮވުން
ބޭރޫތުގައި ގޮވި ބާރުގަދަ ގޮވުމުގައި މަރުވި މީހުންގެ އަދަދު 190ށް އަރައިފި
ބާރު ގަދަ ގޮވުމުގައި ޒަޚަމްވި މީހުންގެ އަދަދު 6500ށް ވުރެ މައްޗަށް އަރާ
50،000 ގެއަކާއި މައި ހޮސްޕިޓަލްތަކުގެ ގޮތުގައި ފާހަގަކުރެވޭ 9 ހޮސްޕިޓަލަކާއި 178 ސްކޫލެއް ވަނީ ހަލާކުވެފައި
ގޮވުމުގެ ސަބަބުން ސީދާކޮށް ލިބުނު ގެއްލުމުގެ އަދަދު 15 ބިލިއަން ޑޮލަރަށް އަރާ

ލުބުނާންގެ ވެރިރަށް ބެއިރޫތްގައި ގޮވި ބާރުގަދަ ގޮވުމުގައި މަރުވި މީހުންގެ އަދަދު 190ށް އަރާފައިވާ ކަމަށް ލުބުނާންގެ އޮފިޝަލުން ހާމަކޮށްފިއެވެ.

އޮގަސްޓް މަހުގެ 4 ވަނަ ދުވަހު ގޮވި މި ބާރު ގަދަ ގޮވުމުގައި ޒަޚަމްވި މީހުންގެ އަދަދު 6500ށް ވުރެ މައްޗަށް އަރާފައިވާ ކަމަށާއި އަދިވެސް ލުބުނާންގެ 3 މީހަކު ނުފެންނަ ކަމަށް އޮފިޝަލުން ބުނެއެވެ. ބާރުގަދަ ގޮވުން ގޮވާފައިވަނީ ބައިރޫތުގެ ބަނދަރުމަތީ ސަރަހައްދުހައި ހުރި ގުދަން ތަކެއްގައި އެތައް އަހަރެއް ވަންދެން ރައްކާ ކޮށްފައި ހުރި ކެމިކަލްތަކެއްގައެވެ. ބާރުގަދަ ގޮވުމާއެކު "މަޝްރޫމް ކްލައުޑް" ވަނީ ބޭރޫތްގެ ބަނދަރުމަތީ ސަރަހައްދަށް ފެތުރިފައެވެ.

ބާރުގަދަ ގޮވުމާއެކު ބެއިރޫތްގެ ބޮޑުބައެއް ހަލާކުވެފައިވާއިރު އެ ގައުމަށް ދިމާވެފައިވާ އިގްތިޞާދީ އަޑިގުޑަނުގެ ސަބަބުން އާންމުން ވަނީ އެގައުމުގައި އޮތް ސަރުކާރާ މެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ.

އެ ގައުމުގެ އަސްކަރިއްޔާއިން ހޮނިހިރު ދުވަހު ބުނެފައިވަނީ 7 މީހަކު އަދިވެސް ނުފެންނަ ކަމަށެވެ. އެއީ ލުބުނާންގެ 3 މީހުންނާއި ސީރިއާގެ ތިން މީހެއްގެ އިތުރުން މިސްރު މީހެކެވެ. މިތަނުން އެއްވެސް މީހަކު މިހާތަނަށް އައިއިރު ފެނުނު ކަމެއް އަދި ސާފެއް ނުވެއެވެ.

ބެއިރޫތްގެ ބަނދަރު މަތީ ސަރަހައްދުގައި ގޮވި މިބާރު ގަދަ ގޮވުމުގެ ސަބަބުން ތިން ލައްކަ މީހުންގެ ގެދޮރުވަނީ ނެތިގެން ގޮސްފައެވެ. ގޮވުމުގެ ސަބަބުން ސީދާކޮށް ލިބުނު ގެއްލުމުގެ އަދަދު 15 ބިލިއަން ޑޮލަރަށް އަރާކަމަށް ޕްރެޒިޑެންސީ ކައުންސިލުން މިކަމާއި ގުޅިގެން އެކުލަވާލާފައިވާ ރިޕޯޓެއްގައި ބުނެއެވެ. ރިޕޯޓް ބުނާގޮތުން 50،000 ގެއަކާއި މައި ހޮސްޕިޓަލްތަކުގެ ގޮތުގައި ފާހަގަކުރެވޭ 9 ހޮސްޕިޓަލަކާއި 178 ސްކޫލެއް ވަނީ ހަލާކުވެފައެވެ.

ލުބުނާންގެ ރައީސް މައިކަލް އައުން ހޯމަ ދުވަހު އެ ގައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއި އެ ގައުމަށް އައު ބޮޑުވަޒީރަކު އައްޔަނު ކުރުމާއި ގުޅޭގޮތުން ވާހަކަ ދައްކަވާނެ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް