ކ. މާލެ
|
30 އޯގަސްޓް 2020 | އާދީއްތަ 14:34
ޗައިނާގެ ޝަންޒީ ޕްރޮވިސްގެ ރެސްޓައުރެންޓެއް ވެއްޓި ގިނަ ބަޔަކަށް އަނިޔާވެފައިވޭ
ޗައިނާގެ ޝަންޒީ ޕްރޮވިސްގެ ރެސްޓައުރެންޓެއް ވެއްޓި ގިނަ ބަޔަކަށް އަނިޔާވެފައިވޭ
ރޮއިޓަރސް
ޝަންޒީ ޕްރޮވިސްގެ ރެސްޓައުރެންޓެއް ވެއްޓުން
ޗައިނާގެ ޝަންޒީ ޕްރޮވިސްގެ ރެސްޓޯރަންޓެއް ވެއްޓި 29 މީހުން މަރުވެއްޖެ
21 މީހަކަށް ސީރިއެސް އަނިޔާތަކެއް ލިބިފައިވޭ
މިހާދިސާގައި 57 މީހަކު އިމާރާތުގެ ދަށުން ސަލާމަތް ކޮށްފައިވޭ
މިހާދިސާ ދަނީ ތަހުގީގު ކުރަމުން

ޗައިނާގެ ޝަންޒީ ޕްރޮވިސްގެ ރެސްޓޯރަންޓެއް ވެއްޓި 29 މީހުން މަރުވެއްޖެއެވެ.

ބޭރުގެ މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި މިރެސްޓޯރަންޓް ވެއްޓި 29 މީހުން މަރުވެފައިވެއެވެ.

މި އިމާރާތް ވެއްޓިފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 9:40 ހާއިރުއެވެ.

ދެބުރިއަށް ނަގާފައިވާ މިއިމާރާތް ވެއްޓުނީ އަވަށެއްގެ ބަޔަކު އުފަން ދުވަހުގެ ޕާޓީއެއް އެތަނުގައި ބާއްވަމުން ދަނިކޮށްށެވެ.

މިހާދިސާގައި 57 މީހަކު އިމާރާތުގެ ދަށުން ސަލާމަތްކޮށްފައިވެއެވެ. އަދި 21 މީހަކަށް ސީރިއެސް އަނިޔާތަކެއް ލިބިފައިވާއިރު، އެމީހުންނަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

ޝަންޒީ ޕްރޮވިސްގެ އެމެޖެންސީ މެނޭޖްމެންޓް މިނިސްޓްރީން ބުނީ މިއިމާރާތް ވެއްޓުނު ސަބަބު ހޯދުމަށް ޚާއްސަ އިންވިސްޓިގޭޝަނެއް ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން އިމާރާތް ކޮށްފައިވާ ގޮތް ވެސް ތަހުގީގު ކުރާނެ ކަމަށް ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް