ކ. މާލެ
|
30 އޯގަސްޓް 2020 | އާދީއްތަ 11:55
ކޮވިޑް-19 ޓެސްޓިންގް، ހަށިގަނޑުގައި ފިނިހޫނުމިން ހުރިވަރު ބަލަނީ
ކޮވިޑް-19 ޓެސްޓިންގް، ހަށިގަނޑުގައި ފިނިހޫނުމިން ހުރިވަރު ބަލަނީ
ޓައިމް މަޖައްލާ
ކޮވިޑް-19، ދުނިޔެ
ކޮވިޑް ޖެހުނު މީހުންގެ އަދަދު 25 މިލިއަނަށް ވުރެ މައްޗަށް
ފާއިތުވި 24 ގަޑިއިރު ތެރޭގައި އިންޑިއާއިން ރެކޯޑު އަދަދަކަށް ކޭސްތައް ރިޕޯޓުކޮށްފަވޭ

ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 25 މިލިއަނަށް ވުރެ މައްޗަށް އަރައިފިއެވެ.

މުޅި ދުނިޔެއިން ރިޕޯޓުކޮށްފައިވާ ކޮވިޑުގެ ކޭސްތަކުގެ އަދަދު 25 މިލިއަނަށް ވުރެ މައްޗަށް ގޮސްފައިމިވަނީ ފާއިތުވި 24 ގަޑިއިރު ތެރޭގައި އިންޑިއާއިން ރެކޯޑު އަދަދަކަށް ކޭސްތައް ރިޕޯޓުކޮށްފައިވަނިކޮށެވެ.

ދުވާލެއްގެ މައްޗަށް ގައުމުތަކުން ރިޕޯޓުކުރަމުންދާ އަދަދުތަކަށް ބަލާއިރު، އިންޑިއާއިންއިން ކޮންމެ ދުވަހަކު އެމެރިކާ އަދި ބްރެޒިލް އަށް ވުރެ ގިނަ ކޭސް ރިޕޯޓުކުރެއެވެ. އެގޮތުން އާދީއްތަ ދުވަހު އިންޑިއާއިން ވަނީ 78،761 (ހަތްދިހަ އަށްހާސް ހަތް ސަތޭކަ ފަސްދޮޅަސް އެކެއް) ރިޕޯޓުކޮށްފައެވެ. އެއް ދުވަހުގެ ތެރޭގައި ދެވަނަ އަށް އެންމެ ގިނައިން ކޭސްތައް ރިޕޯޓުކޮށްފައިވަނީ 77،299 (ހަތްދިހަ ހަތްހާސް ދުއިސައްތަ ނުވަދިހަ ނުވަ) ކޭސްއާއި އެކު އެމެރިކާއިންނެވެ.

އިންޑިއާގެ މިސަރޖާއި އެކު މުޅި ދުނިޔެއިން ރިޕޯޓުކޮށްފައިވާ އަދަދު ވަނީ 25,074,751 (ފަންސަވީސް މިލިއަން ހަތްދިހަ ހަތަރުހާސް ހަތްސަތޭކަ ފަންސާސް އެކެއް) ށް އަރާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް