ކ. މާލެ
|
29 އޯގަސްޓް 2020 | ހޮނިހިރު 22:12
މެލޭޝިއާގެ ބޮޑު ވަޒީރު މުހިއްޔިއްދީން ޔާސީން
މެލޭޝިއާގެ ބޮޑު ވަޒީރު މުހިއްޔިއްދީން ޔާސީން
ރޮއިޓަރސް
ކޮވިޑް-19 މެލޭޝިއާގެ ހާލަތު
މެލޭޝިއާ އިން ކޮވިޑް-19 އާއި ގުޅިގެން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތައް ދިގު ދަންމައިފި
ކޮވިޑް- 19 އިން ރާއްކާތެރިވުމަށް އެގައުމުން އެޅި ފިޔަވަޅުތައް މިއަހަރުގެ ނިޔަލަށް ދިގު ދަންމަން ވަނީ ނިންމާފައި
"އާންމު ދިރިއުޅުމުގެ ބޭނުންތަކަށް ބުރޫ ނާރާނެ"

ކޮވިޑް-19 އާއި ގުޅިގެން މެލޭޝިއާ ސަރުކާރުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތައް މިއަހަރުގެ ނިޔަލަށް ދިގު ދަންމަން ނިންމައިފިއެވެ.

މެލޭޝިއާގެ ބޮޑު ވަޒީރު މުހިއްޔިއްދީން ޔާސީން، ހުކުރު ދުވަހު ގައުމާއި މުހާތަބު ކުރައްވަމުން ވިދާޅުވީ ކޮވިޑް- 19 އިން ރާއްކާތެރިވުމަށް އެގައުމުން އެޅި ފިޔަވަޅުތައް މިއަހަރުގެ ނިޔަލަށް ދިގު ދަންމަން ނިންމާފައިވާ ކަމަށެވެ. އަދި މި ގޮތަށް ނިންމީ މެލޭޝިއާގެ ރައްޔިތުން މި ބަލިމަޑު ކަމުން ރައްކާތެރި ކުރުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ މިއީ ކަމަށް ސަރުކާރުން ދެކޭތީ ކަމަށާއި، މި ނިންމުން ނިންމީ މެލޭޝިއާގެ ސިއްހަތާއި ބެހޭ ވުޒާރާގެ ލަފާގެ މަތިން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ބޮޑު ވަޒީރު ޔާސީން އިތުރަށް ވިދާޅުވީ މި ނިންމުން ސަރުކާރުން ނިންމި ކަމުގައި ވިޔަސް އާންމު ދިރިއުޅުމުގެ ބޭނުންތަކަށް ބުރޫ ނާރާނެ ކަމަށާއި، އެގޮތުން އޮފީސްތަކާއި ކުންފުނިތައް އަދި ކާރުހާނާ ތަކާއި، މި ނޫންވެސް ތަންތަނުން ދެމުން ގެންދާ ހިދުމަތްތައް މެދު ކެނޑުމެއް ނެތި ލިބޭނެ އިންތިޒާމު ހަމަޖައްސައިފައިވާ ކަމަށެވެ.

މެލޭޝިއާއިން މިހާތަނަށް ކޮވިޑަށް 9،317 މީހުން ޕޮޒިޓިވްވެފައި ވާއިރު، އެގައުމުން މި ބަލީގައި 125 މީހުން ވަނީ މަރުވެފައެވެ. އަދި ފަރުވާ ހޯދާ ބަލިން 9،038 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް