ކ. މާލެ
|
29 އޯގަސްޓް 2020 | ހޮނިހިރު 12:18
ވުހާންގެ ސްކޫލެއްގައި ކިޔަވައިދެނީ
ވުހާންގެ ސްކޫލެއްގައި ކިޔަވައިދެނީ
ރޮއިޓަރސް
ކޮވިޑް-19 އަށް ފަހު ވުހާންގެ ހާލަތު
ވުހާންގެ ހުރިހާ ސްކޫލްތަކެއް އަންގާރަ ދުވަހު ހުޅުވާލަނީ
މުޅި ވުހާންގެ 2842 ތަނަކުން ކުދިންނަށް ކިޔަވައި ދެމުންދޭ
ވުހާންގައި ކޮވިޑް-19 ފެތުރެން ފެށުމާއެކު ދެ މަހަށްވުރެ ގިނަ ދުވަހު އެސިޓީ ވަނީ ލޮކްޑައުންކޮށްފައި
ސްކޫލްތަކަށް އައުމާއި ދިޔުމުގައި މާސްކު އެޅުމަށާއި ޕަބްލިކް ޓްރާންސްޕޯޓް ބޭނުންނުކުރުމަށް ވަނީ އިލްތިމާސްކޮށްފައި

ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ވުހާންގެ ހުރިހާ ސްކޫލްތަކާއި ކިންޑަރގަރޓެންސް އަންގާރަ ދުވަހު ހުޅުވާލާނެކަމަށް ވުހާންގެ އޮފިޝަލުން ބުނެފިއެވެ.

މުޅި ވުހާންގެ 2842 ތަނަކުން ކުދިންނަށް ކިޔަވައި ދެމުންދާއިރު އެތަންތަނުން 1.4 މިލިއަން ކުދިން ކިޔަވަމުންދެ އެވެ. ވުހާންގެ ޔުނިވަރސިޓީތައް ހޯމަ ދުވަހު ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ. ވުހާންގައި ކޮވިޑް-19 ފެތުރެން ފެށުމުން ސްކޫލްތަކުގެ ކިޔެވުން ކުރިޔަށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ. އަލުން ސްކޫލްތައް ހުޅުވާލާއިރު ސްކޫލްތަކަށް އައުމާއި ދިޔުމުގައި މާސްކު އެޅުމަށާއި ޕަބްލިކް ޓްރާންސްޕޯޓް ބޭނުންނުކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ސްކޫލްތަކަށް ވަނީ އަލުން ކޭސްތައް ފެނިދާނެކަމަށް ތައްޔާރީތައް ވުމަށް ޑްރިލްތައް ކުރިޔަށް ގެންދިޔުމަށް އަންގާފައެވެ. އަދި ބޮޑެތި އެއްވުންތައް ނުބޭއްވުމަށް އަންގާފައިވާއިރު ކޮންމެ ދުވަހެއްގެ ހާލަތުގެ ރިޕޯޓް ކަމާބެހޭ އިދާރާތަކަށް ހުށަހަޅަންޖެހެއެވެ.

ވުހާންގައި ކިޔަވާ އެހެން ގައުމުތަކުގެ ކުދިންނާއި ކިޔަވައިދިނުމުގައި އުޅޭ އެހެން ގައުމުތަކުގެ ޓީޗަރުންނަށް އެމީހުން ކިޔަވާ އަދި ކިޔަވައިދޭ ސްކޫލްތަކުން ނޯޓިސް ނުލިބެނީސް ވުހާން އަށް ނާދެވޭނެކަމަށް އޮފިޝަލުން ބުނެއެވެ.

ވުހާންގައި ކޮވިޑް-19 ފެތުރެން ފެށުމާއެކު ދެ މަސް ދުވަހަށްވުރެ ގިނަ ދުވަހު އެސިޓީ ވަނީ ލޮކްޑައުންކޮށްފައެވެ. ވައިރަސް ޖެހިގެން ވުހާން އިން މަރުވި މީހުންގެ އަދަދު 3869ށް އަރާއިރު ޗައިނާއިން މިވައިރަސް ޖެހިގެން މަރުވި މީހުންގެ 80 އިންސައްތަ ހިއްސާކުރަނީ ވުހާން އެވެ.

ވުހާން އާންމު ހާލަތަށް ރުޖޫޢުވާން ފަށާފައިވަނީ އޭޕްރީލް މަހުން ފެށިގެންނެވެ. އަދި މެއި މަހުގެ 18 ވަނަ ދުވަހުގެ ފަހުން ވުހާން ތެރެއިން މިހާތަނަށް ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވެފައެއްނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް