ކ. މާލެ
|
27 އޯގަސްޓް 2020 | ބުރާސްފަތި 19:17
ޔުވެންޓަސްގެ ފޯވާޑް ޕައުލޯ ޑިބާލާ
ޔުވެންޓަސްގެ ފޯވާޑް ޕައުލޯ ޑިބާލާ
ގެޓީ އިމޭޖަސް
ޕިރްލޯ ޑިބާލާއަށް ތާރީފުކުރުން
ޑިބާލާ އަކީ ޔުވެންޓަސްގެ ކުރިމަގާ ގުޅިފައިވާ ކުޅުންތެރިއެއް: ޕިރްލޯ
ޔުވެންޓަސްއިން ޑިބާލާ ވިއްކާ ނުލާނެ ކަމަށް ޕިރްލޯ ބުނި
ޔުވެންޓަސްއާއެކު ޑިބާލާ މިހާރު ހަދާފައިވާ އެއްބަސްވުން 2022 ވަނަ އަހަރު

ޔުވެންޓަސްގެ ފޯވާޑް ޕައުލޯ ޑިބާލާ އަކީ ޔުވެންޓަސްގެ ކުރިމަގާ ގުޅިފައިވާ ކުޅުންތެރިއެއް ކަމަށް އެ ކުލަބުގެ ކޯޗުގެ މަގާމާ ދާދި ފަހުން ހަވާލުވި އަންދްރޭ ޕިރްލޯ ބުނެފިއެވެ.

ޔުވެންޓަސްގެ ކޯޗުގެ މަގާމާ ހަވާލުވުމަށްފަހު ދިން ފުރަތަމަ އިންޓަވިއުގައި ޕިރްލޯ ބުނީ ޑިބާލާއަކީ ޔުވެންޓަސްގެ ކުރިމަގާ ގުޅިފައިވާ ކުޅުންތެރިއެއް ކަމަށާއި، ޔުވެންޓަސްއިން އޭނާ ވިއްކާ ނުލާނެ ކަމަށެވެ. އަދި ބުނީ ޔުވެންޓަސްއިން ޑިބާލާ ވިއްކާލަން އުޅޭ ކަމަށް ބުނެ ދެކެވެމުން އަންނަ ވާހަކަތަކަކީ ކަނޑައެޅިގެން ހަގީގަތާއި ޚިލާފު ވާހަކަތަކެއް ކަމަށާއި، އެއީ ހަގީގަތް އޮޅުވާލުމަށް މީހުން ދައްކަމުން އަންނަ ވާހަކަތަކެއް ކަމަށެވެ.

މި ނިމުނު ސީޒަނުގެ އިޓާލިއަން ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ޑިބާލާ ހޯދިއިރު، އޭނާ ވަނީ އިޓާލިއަން ލީގުގައި މި ސީޒަނުގައި 11 ލަނޑު ކާމިޔާބުކޮށް، 11 ލަނޑު ޖެހުމަށް މަގުފަހިކޮށްދީފައެވެ. އަދި ޑިބާލާ ވަނީ ޔުވެންޓަސް އާއެކު އިޓާލިއަން ލީގު ކާމިޔާބުކޮށްފައެވެ.

އުމުރުން 26 އަހަރުގެ ޑިބާލާ ޔުވެންޓަސްއާއެކު މިހާރު ހަދާފައިވާ އެއްބަސްވުން 2022 ވަނަ އަހަރު ހަމަވާއިރު، ޔުވެންޓަސްއިން އަންނަނީ އޭނާގެ އެއްބަސްވުން އާކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ޔުވެންޓަސްއިން ހުށަހަޅަން ތައްޔާރުވާ އައު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރު ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޑިބާލާއަށް ޕިރްލޯ ތާރީފުކުރި ނަމަވެސް، އަންނަ ސީޒަނުގައި ޔުވެންޓަސްގެ ފޯވާޑް ގޮންޒާލޯ ހިގުއައިން އެ ކުލަބުގެ ސްކޮޑުން ނުފެންނާނެ ކަމަށް ޕިރްލޯ ވަނީ ބުނެފައެވެ. ޕިރްލޯ ބުނީ ހިގުއެން އަކީ ޗެމްޕިއަނެއް ކަމަށާއި، ޔުވެންޓަސްއަށް ހިގުއެން ކޮށްދިން ކަންކަމަށް ޝުކުރުއަދާކުރާ ކަމަށެވެ. އަދި ހިގުއެން ދޫކޮށްލުމަށް ޔުވެންޓަސްއިން ނިންމީ އޭނާއާ ވާހަކަ ދެއްކުމަށްފަހު ކަމަށްވެސް ޕިރްލޯ ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް