ކ. މާލެ
|
25 އޯގަސްޓް 2020 | އަންގާރަ 23:19
އިންޑޮނޭޝިއާގެ ބާލީ
އިންޑޮނޭޝިއާގެ ބާލީ
ހޮޓެލްސް.ކޮމް
ބާލީއަށް ފަތުރުވެރިން ގެންދިއުން ހުއްޓާލުން
2020 ވަނަ އަހަރުގެ ނިޔަލަށް ބާލީ، ބޭރުގެ ފަތުރުވެރިންނަށް ބަންދުކޮށްފި
ބޯޑަރުތައް ބަންދު ކުރުމާ ގުޅިގެން ފަތުވެރިކަންވަނީ ދަށަށް ގޮސްފަ
52 މީހަކުވަނީ ނިޔާވެފަ

އިންޑޮނޭޝިއާގެ މަޝްހޫރު ރަށެއްކަމަށްވާ ބާލީ އަށް ބޭރުގެ ފަތުރުވެރިން ގެންދިއުން ހުއްޓާލައިފިއެވެ.

ބާލީ އަކީ ގިނަ ބަޔަކު ޒިޔާރަތްކުރާ ތަނެކެވެ. އެމީޙުންގެ އިގްތިޞާދު އެކަމެއްގެ މައްޗަށް ބިނާވެގެން ވަނީ ފަތުރުވެރި ކަމަށެވެ.

އެހެނަސް ރިޕޯޓުތައް ދައްކާ ގޮތުން އިންޑޮނޭޝިއާގެ ބޯޑަރުތައް ބަންދު ކުރުމާ ގުޅިގެން ފަތުވެރިކަންވަނީ ނުހަނު ބޮޑަށް ދަށަށް ގޮސްފައެވެ.

މި ފެށޭ ސެޕްޓެމްބަރު މަހުގައި ބޯޑަރުތައް ހުޅުވާލަން ނިންމާފައިވާ ނިންމުން ބަދަލު ކުރަން ނިންމާފައިވަނީ އެގައުމުގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީއެވެ.

ހޯމަ ދުވަހުގެ ނިޔަލަށް ބާލީއިން ކޮވިޑަށް 4576 މީހަކު ފައްސިވެފައިވާއިރު 52 މީހަކުވަނީ ނިޔާވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް