ކ. މާލެ
|
15 އޭޕްރިލް 2017 | ހޮނިހިރު 00:15
އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި މަޖީދިއްޔާ އިން މުބާރާތުގެ ތަށި އުފުލާލަނީ
އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި މަޖީދިއްޔާ އިން މުބާރާތުގެ ތަށި އުފުލާލަނީ
އެފްއޭއެމް
އިންޓަސްކޫލް ފުޓުބޯޅަ މުބާރާތް
އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތް: 16 އަހަރުން ދަށުގެ ޗެމްޕިއަންކަން މަޖީދީއާއަށް
16 އަހަރުން ދަށުގެ ފެއާ ޕްލޭ ޓީމަކަށް ހޮވިފައިވަނީ ކ.ގުރައިދޫ
އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ހޮވިފައިވަނީ މަޖީދިއްޔާގެ އަފްސަމް
ފައިނަލް މެޗު އިސްދަރާ ވާދަކޮށް މަޖީދިއްޔާއިން ކާމިޔާބުކުރީ 2-4 ގެ ނަތީޖާއަކުން

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މަޖީދިއްޔާ ސްކޫލް ހޯދައިފި އެވެ.

ހުކުރު ދުވަހު ހަވީރު ކުޅުނު ފައިނަލް މެޗު އިސްކަންދަރު ސްކޫލާ ވާދަކޮށް މަޖީދިއްޔާ އިން މެޗު ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗުގައި މަޖީދިއްޔާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ މެޗުގައި ލަނޑު ޖަހާ ލީޑު ނެގީވެސް އެޓީމުންނެވެ. މި ލަނޑު 20 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު އަފްސަމް އެވެ. މި ލަނޑަށްފަހުވެސް ރަނގަޅަށް ކުޅެމުންދިޔައީ މަޖީދިއްޔާއިންނެވެ.

އެގޮތުން ފުރަތަމަ ހާފްގެ އިތުރުވަގުތުގެ ތެރޭގައި އަފްސަމް ވަނީ އެޓީމަށް މެޗުގެ ލީޑު ފުޅާކޮށްދީފައެވެ. މި ލަނޑުތަކާއެކު ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއިން އިސްކަންދަރުގެ މައްޗަށް މަޖީދިއްޔާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން އިސްކަންދަރުން އެޓީމުގެ ކުޅުން ރަނގަޅުކޮށްފައިވާއިރު، 40 ވަނަ މިނެޓުގައި އެޓީމުން ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު އައިހަމް ސައީދު އެވެ.

މި ލަނޑަށްފަހު މަޖީދިއްޔާއިން މެޗުގެ ކޮންޓްރޯލް އަނބުރާ ހޯދި އިރު، 62 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު އިތުރަށް ފުޅާކޮށްފައެވެ. އެހެންނަމަވެސް އޭގެ މިނެޓެއްފަހުން އިސްކަންދަރުން ވަނީ އިތުރު ލަނޑެއް ޖަހާ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ.

މަޖީދިއްޔާ އިން މެޗުގައި ކާމިޔާބުކުރި ހަތަރު ވަނަ ލަނޑު އަފްސަމް ކާމިޔާބުކުރީ މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށެވެ. މި ލަނޑުތަކާއެކު އޭނާ ވަނީ މެޗުގައި ހެޓްރިކް ފުރިހަމަކޮށްފައެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ހޮވިފައިވަނީ 11 ލަނޑާއެކު މަޖީދިއްޔާ ސްކޫލްގެ އަހުމަދު އަފްސަމް އެވެ. މީގެއިތުރުން 16 އަހަރުން ދަށުގެ ފެއާ ޕްލޭ ޓީމަކަށް ހޮވިފައިވަނީ ކ.ގުރައިދޫ ސްކޫލެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް