ކ. މާލެ
|
23 އޯގަސްޓް 2020 | އާދީއްތަ 14:59
ބަސަރާގައި ހުރި މަޖިލިސް އޮފީހުގައި ރޯކޮށްލައިފި
ބަސަރާގައި ހުރި މަޖިލިސް އޮފީހުގައި ރޯކޮށްލައިފި
ބަސަރާ
ބަސަރާގައި ހުރި މަޖިލިސް އޮފީހުގައި ރޯކޮށްލައިފި
މަޖިލިސް އޮފީހުގައި ރޯކޮށްލާފައި ވަނީ އެއްވުމެއްގެ ތެރޭގައި
އެއްވުމުގެ ބައިވެރިން ވަނީ ޕެޓްރޯލް ބޮން އުކާފައި
އެއްވުން ރޫޅާލުމަށް ފުލުހުން ވަނީ ވަޔަށް ބަޑި ޖަހާފައި

އިރާގުގެ ބަސަރާގައި ހުންނަ މަޖިލިސް އޮފީހުގައި ރޯކޮށްލައިފިއެވެ.

އަލްޖަޒީރާ ނޫހުގައި ރިޕޯޓްކޮށްފައިވާ ގޮތުން، ހޮނިހިރު ދުވަހު ބަސަރާގައި ހުންނަ އެގައުމުގެ މަޖިލިސް އޮފީހުގައި ރޯކޮށްލައިފައި ވަނީ އިރާގުގެ ދެ އެކްޓިވިސްޓުން އެގައުމުގެ ސަރުކާރުން މަރާލުމާ ގުޅިގެން ކުރިއަށް ގެންދިޔަ އެއްވުމެއްގެ ތެރޭގައިއެވެ. އެގޮތުން އެއްވުމުގެ ބައިވެރިން ރޯކޮށްލާފައި ވަނީ އޮފީހުގެ ގޭޓުގައި އެވެ.

އެއްވުމުގެ ބައިވެރިން ވަނީ ޕްރޮވިންޝަލް ގަވަރުނަރު ޖަވާބުދާރީ ކުރުމަށް ގާނޫނު ހަދާ މަޖިލީހަށް ގޮވާލާފައެވެ.

އެއްވުމުގެ ބައިވެރިންނާއި އިރާގުގެ ފުލުހުންނާއި ދެމެދު ހަމަނުޖެހުން އުފެދި ފުލުހުން ވަނީ އެއްވުން ރޫޅާލުމަށް ވަޔަށް ބަޑި ޖަހާފައިވާ އިރު، ފުލުހުންގެ އަށް މީހަކަށް ވަނީ އަނިޔާވެފައެވެ. އަދި އެއްވުމުގެ ބައިވެރިން ވަނީ ޕެޓްރޯލް ބޮން އުކާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް