ކ. މާލެ
|
22 އޯގަސްޓް 2020 | ހޮނިހިރު 11:59
ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން ގިނަ ގައުމުތަކުގައި މާސްކު އެޅުން ވަނީ މަޖުބޫރު ކޮށްފައި
ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން ގިނަ ގައުމުތަކުގައި މާސްކު އެޅުން ވަނީ މަޖުބޫރު ކޮށްފައި
ގެޓީ އިމޭޖަސް
ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު
ކޮވިޑު ޖެހުނު މީހުންގެ އަދަދު 23 މިލިއަނަށް
އެންމެ ގިނަ ކޭސް ރިޕޯޓް ކޮށްފައިވަނީ އެމެރިކާއިން
ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ އަށް ލައްކަ އަށް އަރާފައި
ބަލި ކޮންޓްރޯލް ވާން ދެ އަހަރު ދުވަސް ނަގާނެ ކަމަށް ޑަބްލިއުއެޗްއޯއިން ލަފާކުރޭ

ނޭވާލާ ނިޒާމަށް ޖައްސާ ބައްޔެއް ކަމަށްވާ ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު 23 މިލިއަނަށް އަރައިފި އެވެ.

ބަލި ޖެހިގެން އަށްލައްކަ މީހުން ވަނީ ދުނިޔެ ދޫކޮށްފައެވެ. ބަލިން ފަސޭހަވި މީހުންގެ އަދަދު ވަނީ 15.6 މިލިއަނަށް އަރާފައެވެ. ޗައިނާގެ ހޫބެ ޕްރޮވިންސް އިން މިދިޔަ އަހަރު ފަހުކޮޅު ފެތުރެން ފެށި މި ބަލި ދުނިޔޭގެ 210 ގައުމެއްގެ އިތުރުން ޓެރިޓަރތަކަށް ވަނީ ފެތުރިފައެވެ. މިހާތަނަށް ކޮވިޑް-19އަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ އެމެރިކާއިންނެވެ. އެ ގައުމުން 5,623,727 މީހުން ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، މި ބަލީގައި 175,406 މީހަކު ވަނީ މަރުވެފައެވެ. އެންމެ ގިނައިން މީހުން މަރުވެފައިވަނީ ނިއުޔޯކް، ނިއު ޖާޒީގެ އިތުރުން ޓެކްސަަސް އިންނެވެ.

ދެވަނަ އަށް ކޮވިޑް އެންމެ ބޮޑަށް ފެތުރެމުންދަނީ ބްރެޒިލްގައެވެ. ބްރެޒިލްގެ 3,532,330 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 113,358 މީހުން ވަނީ ދުނިޔެ ދޫކޮށްފައެވެ.

ތިން ވަނަ އަށް ބަލީގެ ނުރައްކާ އެންމެ ބޮޑީ އަވަށްޓެރި އިންޑިއާގައެވެ. އިންޑިއާގައި ކޭސްތަކުގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން ގޮސް ޖުމްލަ ޕޮޒިޓިވް ކޭސްތަކުގެ އަދަދު އުޅެނީ ތިން މިލިއަނާއި ގާތްކުރާ ވަރަކަށެވެ. އިންޑިއާގައި ބަލި ޖެހުނު މީހުންގެ ތެރެއިން މަރުވީ 55,794 މީހުންނެވެ. ހަތަރު ވަނަ އަށް އެންމެ ގިނަ ކޭސް ރަޝިޔާއިން ރިޕޯޓް ކޮށްފައިވާއިރު ފަސް ވަނަ އަށް ޕޮޒިޓިވް ކޭސް އެންމެ ގިނައިން ރިޕޯޓް ކޮށްފައިވަނީ ސައުތު އެފްރިކާއިންނެވެ.

ހުކުރު ދުވަހު ޑަބްލިއުއެޗްއޯ އިން ބުނީ، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ކޮވިޑް-19 ބަލިމަޑުކަމުގެ ވަބާ ދުނިޔެއިން ނެތިގެންދާނެ ކަމަށް އުއްމީދު ކުރެވޭ ކަމަށެވެ.

- ކޮމެންޓް