ކ. މާލެ
|
22 އޯގަސްޓް 2020 | ހޮނިހިރު 08:44
އެމެރިކާގައި ހުންނަ މޮޑާނާގެ ހެޑް އޮފީސް
އެމެރިކާގައި ހުންނަ މޮޑާނާގެ ހެޑް އޮފީސް
ނިއުޔޯކް ޓައިމްސް
މޮޑާނާގެ ވެކްސިން ޓްރަޔަލް
މޮޑާނާއިން އުފައްދާ ވެކްސިންގެ އަޖުމަ ބެލުމަށް: މިހާތަނަށް 13،194 މީހުން
ދިރާސާ ކުރިޔަށް ގެންދާނީ 30،000 މީހުންނާއި އެކު
ޓެސްޓު ކުރުމުގެ މަރުހަލާ ނިންމާލެވޭނީ ސެޕްޓެމްބަރު މަހު
އެމެރިކާ ސަރުކާރާ އެކު އެއްބަސްވުމެއްގައި މޮޑާނާ އިން ވަނީ ސޮއިކޮށްފައި

ކޮވިޑް-19ށް ވެކްސިން އުފެއްދުމުގެ އެންމެ ފަހު މަރުހަލާގައި މަސައްކަތް ކުރާ މޮޑާނާ އިން ދިރާސާތަކަށް އަޖުމަ ބަލަން ހިންގާ ވެކްސިން ޕްރޮގްރާމްގައި ހުކުރު ދުވަހާ ހަމަޔަށް 13،194 މީހުން ބައިވެރިވާން ނިންމައިފިއެވެ.

ކޮވިޑުގެ ވެކްސިން އުފެއްދުމުގައި އެންމެ ކުރީގައި އުޅޭ އެމެރިކާގެ ކުންފުނި، މޮޑާނާއިން ދިރާސާ ކުރިޔަށް ގެންދާނީ 30،000 މީހުންނާއެކު އެވެ.

ކުންފުނިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ، ދިރާސާގައި ބައިވެރިވާ 18 އިންސައްތަ މީހުންނަކީ، ކަޅު ނަސްލުގެ މީހުންނާއި، ލެޓީނޯ، އިންޑިއާ ދަރިފަސްކޮޅުގެ އެމެރިކާ މީހުންނާއި، އެލެސްކާގެ ރަށްވެހިން ކަމަށެވެ. މި މީހުންގެ އާބާދީ އަކީ އެމެރިކާގައި ވައިރަހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އާބާދީއެވެ.

މޮޑާނާއިން ބުނެފައިވަނީ ކޮވިޑް-19 ވެކްސިން އާއްމު ކޮށް ބޭނުން ކުރުމަށް މިއަހަރު ނިމެންވާއިރު ލިބޭނެ ކަމަށެވެ. އެކުންފުނިން ބުނެފައިވަނީ ވެކްސިން ޓެސްޓް ކުރުމުގެ މަރުހަލާތައް ސެޕްޓެމްބަރަށް ނިންމާލެވޭނެ ކަމަށެވެ.

މިދިޔަ ހަފްތާގައި މޮޑާނާއިން ވަނީ ވެކްސިން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި އެމެރިކާ ސަރުކާރާ އެކު ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގެ ދަށުން މޮޑާނާ އިން އުފައްދާ ވެކްސިންގެ 100 މިލިއަން ޑޯޒް 1.5 ބިލިއަން ޑޮލަރަށް އެމެރިކާ ސަރުކާރުން ގަންނާނެ އެވެ.

މޮޑާނާ އިން އުފައްދާ ވެކްސިންގެ މަސައްކަތްތައް އަވަސް ކުރުމަށް އެމެރިކާ ސަރުކާރުން އެކުންފުންޏަށް އެއް ބިލިއަން ޑޮލަރުގެ އެހީ ދީފައިވެއެވެ.

- ކޮމެންޓް