ކ. މާލެ
|
22 އޯގަސްޓް 2020 | ހޮނިހިރު 08:12
އިންޑިއާ އަކީ ދުނިޔޭގައި ތިން ވަނައަށް އެންމެ ގިނަ ކޭސް ރިޕޯޓުކޮށްފައިވާ ގައުމު
އިންޑިއާ އަކީ ދުނިޔޭގައި ތިން ވަނައަށް އެންމެ ގިނަ ކޭސް ރިޕޯޓުކޮށްފައިވާ ގައުމު
އޭ.އެން.އައި
އިންޑިއާ، ކޮވިޑް-19
އިންޑިއާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 3 މިލިއަނާއި ގާތަށް
ފާއިތުވި 24 ގަޑިއިރު ތެރޭގައިވެސް އިންޑިއާއިން 69،000 ށް ވުރެ ގިނަ ކޭސް ރިޕޯޓުކޮށްފައިވޭ
އިންޑިއާއިން 55,928 މީހުން ވަނީ ބަލީގައި މަރުވެފަ

އިންޑިއާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ތިން މިލިއަނާއި ގާތްވެއްޖެއެވެ.

އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އިންޑިއާއިން ވަނީ ކޮވިޑް-19 ގެ2,973,368(ދެ މިލިއަން ނުވަލައްކަ ހަތްދިހަ ތިންހާސް ތިން ސަތޭކަ ފަސްދޮޅަސް އަށެއް) ކޭސް ރިޕޯޓުކޮށްފައެވެ. ފާއިތުވި 24 ގަޑިއިރު ތެރޭގައިވެސް އިންޑިއާއިން 69،000 ށް ވުރެ ގިނަ ކޭސް ރިޕޯޓުކޮށްފައިވެއެވެ.

އިންޑިއާގައި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން2,220,799( ދެމިލިއަން ދެ ލައްކަ ވިހިހާސް ހަތްސަތޭކަ ނުވަދިހަ ނުވައެއް) ފަރުވާލިބިގެން ރަނގަޅުވެފައިވާއިރު55,928މީހުން ވަނީ ބަލީގައި މަރުވެފައެވެ.

އިންޑިއާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު ތިން މިލިއަނާއި ގާތްވެފައިވާއިރު، އެގައުމަކީ ދުނިޔޭގައި ތިން ވަނައަށް އެންމެ ގިނަ ކޭސް ރިޕޯޓުކޮށްފައިވާ ގައުމެވެ.

އެންމެ ގިނައިން ކޮވިޑް-19ގެ ކޭސްތައް ފެނިފައިވަނީ އެމެރިކާއިންނެވެ. ދެވަނަ އަށް އެންމެ ގިނައިން ކޮވިޑް-19 ގެ ކޭސްތައް ފެނިފައިވަނީ ބްރެޒިލް އިންނެވެ.

- ކޮމެންޓް