ކ. މާލެ
|
20 އޯގަސްޓް 2020 | ބުރާސްފަތި 07:29
ގިނަ ދަރިވަރުން ޕޮޒިޓިވް ކޭސްތަކާއި ޑައިރެކްޓް ވެފައިވާ ކަމަށް މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވޭ
ގިނަ ދަރިވަރުން ޕޮޒިޓިވް ކޭސްތަކާއި ޑައިރެކްޓް ވެފައިވާ ކަމަށް މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވޭ
އޭއެފްޕީ
ކޮވިޑް-19 ފެތުރުން
މެސެސިޕީ އިން 2000 ދަރިވަރުން ކަރަންޓީނަށް!
ކޮވިޑް-19އާ ހަލުހިމިނެއްގައި ދަނީ ފެތުރެމުން
ދެޔުނިވާސިޓީއަކުން ދެއައުޓް ބްރޭކެއް ވަނީ އައިސްފައި
ހަމައެކަނި ބުދަ ދުވަހު ވެސް 1348 ކޭސްއެއް ފެނުފައިވާއިރު، 31 މީހަކު ވަނީ ބަލީގައި މަރުވެފައިވޭ

ކޮވިޑް-19އާ ގުޅިގެން އެމެރިކާގެ ދެކުނު ސަރަހައްދުގައި ހިމެނޭ މެސެސިޕީ ސިޓީން 2000 ދަރިވަރުން ކަރަންޓީންވާން ޖެހިއްޖެއެވެ.

ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި އެ ސިޓީގައި ހަލުވިމިނެއްގައި ކޮވިޑް-19 ދަނީ ފަތުރެމުންނެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅު އެންމެ އެކަށީގެންވާ ގޮތުގައި އަޅާފައިނުވާތީ އަދި އަމަލު ކޮށްފައިވާ ނުވާތީ އެ ސްޓޭޓްގެ 2000 ދަރިވަރުން ކަރަންޓީން ވާން ޖެހިފައިވާ ކަމަށެވެ.

އެ ސިޓީގެ ހެލްތް ޑިޕާންޓްމެންޓްގައި މަސައްކަތް ކުރައްވާ ޑރ. ތޯމަސް ޑޮބްސް ވިދާޅުވީ ތައުލީމު ހާސިލު ކުރަމުންދާ 1970 ދަރިވަރުން ކަރަންޓީން ވާން ޖެހިފައިވާ ކަމަށެވެ. މީގެ ތެރޭގައި 328 ސްކޫލުގެ ދަރިވަރުން ހިމެނޭއިރު ސްކޫލުގެ މުއައްޒަފުން ހިމެނޭ ކަމަށް ޑރ. ތޯމަސް ވިދާޅުވިއެވެ. އަދި ވިދާޅުވީ މި އަދަދުތައް ކުރިއަށް އޮތް ތާނގައި ބަދަލު ވެގެންދާނެ ކަމަށެވެ.

ޑރ. ތޯމަސް ވިދާޅުވީ ދެ ޔުނިވާސިޓީއަކުން ދެ އައުޓް ބްރޭކް އައިސްފައިވާ ކަމަށެވެ. އެއީ ޔުނިވަރސިޓީ އޮފް މެސެސިޕީ އަދި މެސެސިޕީ ޔުނިވަރސިޓީ ފޯރ ވުމެންއިންނެވެ.

މީގެ އިތުރުން ޑރ. ތޯމަސް ވިދާޅުވީ ކޮމިއުނިޓީ ސްޕްރެޑް ފެތުރެމުންދާ މިދަނޑިވަޅުގައި އެންމެ ކަންބޮޑުވަނީ މީހުން ޖަމާވާ ތަންނަށް ނުގޮސް ތިބޭ މީހުންނަށް ވައިރަސް ޖެހިގެން މަރުވަމުންދާތީ ކަމަށެވެ.

ބޭރުގެ މީޑީއާތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ހަމައެކަނި ބުދަ ދުވަހު ވެސް 1348 ކޭސްއެއް ފެނުފައިވާއިރު، 31 މީހަކު ވަނީ ވައިރަސްގައި މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް