ކ. މާލެ
|
19 އޯގަސްޓް 2020 | ބުދަ 12:19
ބްރެޒިލްގެ މަގުމަތީގައި އާންމުން ހަރަކާތްތެރިވަނީ، އެ އެމެރިކާއަށް ފަހު އެންމެ ގިނަ ކޭސްތައް ފެނިފައިވާ ގައުމު
ބްރެޒިލްގެ މަގުމަތީގައި އާންމުން ހަރަކާތްތެރިވަނީ، އެ އެމެރިކާއަށް ފަހު އެންމެ ގިނަ ކޭސްތައް ފެނިފައިވާ ގައުމު
ރޮއިޓަރސް
ކޮވިޑް-19 ބްރެޒިލްގެ ހާލަތު
ބްރެޒިލްގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 3.4 މިލިއަނަށް ވުރެ މައްޗަށް!
ފާއިތުވި 24 ގަޑިއިރު ތެރޭގައި އެ ގައުމުން ކޮވިޑް-19ގެ 47،784 ކޭސް ރިޕޯޓުކޮށްފައިވޭ
1،352 މީހަކު މަރުވެފައިވާކަމަށް ވަނީ ރިޕޯޓުކޮށްފަ
ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން ކޮވިޑަށް މީހުން ޕޮޒިޓިވް ވެފައިވަނީ ބްރެޒީލް އިން

ބްރެޒިލްއިން ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ކޮވިޑް-19 ގެ ކޭސްތަކުގެ އަދަދު 3.4 މިލިއަނަށް ވުރެ މައްޗަށް އަރައިފިއެވެ.

ބްރެޒިލްގެ ސިއްހީ ވުޒާރާއާއި ހަވާލާދީ ބައިނަލްއަގްވާމީ މިޑިއާ ރިޕޯޓުތައް ބުނާ ގޮތުން، ފާއިތުވި 24 ގަޑިއިރު ތެރޭގައި އެ ގައުމުން ކޮވިޑް-19ގެ 47،784 ކޭސް ރިޕޯޓު ކޮށްފައިވެއެވެ. އަދި ބަލީގައި 1،352 މީހަކު މަރުވެފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. އެއާއި އެކު މުޅި ޖުމްލަ 3،407،354 މީހަކު އެ ގައުމުން ޕޮޒިޓިވް ވެފައިވާއިރު ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 109،888ށް އަރާފައެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ބްރެޒިލްގެ ރައީސް ހައިރް ބޮލްސޮނާރޯ ގެންގުޅުއްވާ ސިޔާސަތާއެކު އެ ގައުމުގައި ވައިރަސް ފެތުރޭ މިންވަރު އަދިވެސް ކޮންޓްރޯލް ކުރެވިފައެއް ނުވެއެވެ. ލޮކްޑައުންއަކަށް ދިޔުމަށް ފާޅުގައި ދެކޮޅު ހައްދަވާ، މާސްކު އެޅުމާއި ގައިދުރުކަން ގެންގުޅުންފަދަ ފިޔަވަޅުތައް އެޅުމާ ދެކޮޅަށް ބޮލްސޮނާރޯ ވަނީ ވާހަކަފުޅު ދައްކަވާ އެގޮތަށް އަމަލު ވެސް ކުރައްވާފަ އެވެ. އަދި އެކަމަށް ގޮވާލަމުންދިޔަ އޮފިޝަލުން ވަނީ އެންމެ ފަހުން މަގާމުން ވަކިވެސްވެފަ އެވެ.

ބްރެޒިލްގެ ކަމާބެހޭ މާހިރުން ވިދާޅުވާ ގޮތުގައި އަދިވެސް އެ ގައުމުގައި ވައިރަސް ކޮންޓްރޯލް ކުރެވޭނެ ދުވަހެއް ބުނާކަށް ނޭނގެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް