ކ. މާލެ
|
18 އޯގަސްޓް 2020 | އަންގާރަ 21:44
\" މޯލްޑިވްސް ގާޒާ\" ގެ ނަމުގައި ހުޅުވާފައިވާ ރެސްޓޯރެންޓް
" މޯލްޑިވްސް ގާޒާ" ގެ ނަމުގައި ހުޅުވާފައިވާ ރެސްޓޯރެންޓް
މޯލްޑިވްސް އިންސައިޑަރ
ރެސްޓޯރެންޓް
ރާއްޖެ އަންނަން ބޭނުންވެ ނާދެވި ތިބި ޢާޒާގެ ރައްޔިތުންނަށް ރާއްޖޭގެ ނަމުން ރެސްޓޯރެންޓެއް
މިރެސްޓޯރެންޓް މިހާރު ވަނީ ދުނިޔޭގެ ސަމާލުކަމަށް އައިސްފައި

ފަލަސްތީންގައި " މޯލްޑިވްސް ޢާޒާ" ގެ ނަމުގައި ރެސްޓޯރެންޓެއް ހުޅުވައިފިއެވެ.

މި ރެސްޓޯރެންޓަކީ ޣާޒާގެ އަރިމަޓީ ސަރަހައްދުގައި މޫދު ވިއު ފެންނަ ގޮތަށް ތިން ބުރިއަށް ހަދާފައިވާ ރެސްޓޯރެންޓެކެވެ.

ދެ މިލިއަން މީހުން ދިރިއުޅޭ ގާޒާގައި ހުޅުވާފައިވާ މި ރެސްޓޯރެންޓް މިހާރު ވަނީ ދުނިޔޭގެ ސަމާލު ކަމަށް އައިސްފައެވެ.

މި ރެސްޓޯރެންޓްގެ ކޯ- އޯނާރ އިމާދު އަލްބައްޔާ ރޮއިޓާސްއަށް ދިން އިންޓަވިއު އެއްގައި ބުނެފައިވަނީ މި ރެސްޓޯރެންޓް ހުޅުވި މަގުސަދަކީ އިޒްރޭލުގެ އަޅުވެތިކަމުގެ ދަށުގައި ރާއްޖެ ނާދެވި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް ރާއްޖެ ތަޖުރިބާ ކޮށްލަމުގެ ފުރުސަތު ހޯދައި ދިނުން ކަމަށެވެ.

1200 މީހުންނަށް އެއްފަހަރާ ތިބެވޭ މި ރެސްޓޯރެންޓް މިހާރު ވެގެންދަނީ ފަލަސްތީނާއި ދިވެހިރާއްޖޭގެ އެކުވެރިކަމުގެ ރަމްޒަކަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް