ކ. މާލެ
|
14 އޯގަސްޓް 2020 | ހުކުރު 09:35
ރާއްޖޭގެ ބޯޑަރު ހުޅުވާލައި ފަހުން އައި ފަތުރުވެރިންތަކެއް މަތިންދާބޯޓުން ފައިބަނީ
ރާއްޖޭގެ ބޯޑަރު ހުޅުވާލައި ފަހުން އައި ފަތުރުވެރިންތަކެއް މަތިންދާބޯޓުން ފައިބަނީ
ޓޫރިޒަމް މިނިސްޓްރީ
އެމްއެމްޕީއާރްސީ ބްރޭންޑް ސަރވޭ
އެމްއެމްޕީއާރްސީން ރާއްޖޭގެ ބްރޭންޑް ސަރވޭއެއް ފަށައިފި
 
ރާއްޖެ އިޝްތިހާރު ކުރުމުގައި ތަފާތު މޮޑެލްތައް ބޭނުން ކުރަންޖެހޭ: އެމްއެމްޕީއާރްސީ
 
މުސްތަގުބަލުގައި މަންޒިލެއްގެ ގޮތުގައި ރާއްޖޭ މާކެޓް ކުރަން މުހިންމު ރޯލެއް އަދާކުރާނެ
 
މި ދިރާސާގައި ފަތުރުވެރިކަން ކުރިއެރުވޭނެ ގޮތްތައް ބަލާނެ

މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ރާއްޖެގެ ފަތުރުވެރިކަމަށް ޚާއްސަކޮށް ''ބްރޭންޑް ސަރވޭ'' އެއް ފަށައިފިއެވެ.

މި ސަރވޭގައި ފަތުރުވެރިކަން ކުރިއަރުވައި މިހާރުގެ ހާލަތުގައި ބޭނުންކުރަމުންދާ ގައިޑްލައިންތަކާއި، އަދި އިތުރަށް ފަތުރުވެރިކަމުގެ ސިނާއަތް ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން ބަލާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ. އަދި މުސްތަގުބަލުގައި ރާއްޖޭ މާކެޓް ކުރާއިރު، މި ސަރވޭގެ ހޯދުންތައް މުހިންމު ރޯލެއް އަދާކުރާނެ ކަަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.

އެމްއެމްޕީއާރްސީން ބުނީ ރާއްޖެ އިޝްތިހާރު ކުރުމުގައި ތަފާތު މޮޑެލްތައް ބޭނުން ކުރަންޖެހޭ ކަމަށާއި، ފަތުރުވެރިކަމުގެ ސިނާއަތަށް އައި ލޮޅުމާއެކު ހަމައެކަނި ''މޯލްޑިވްސް ސަނީސައިޑް އޮފް ލައިފް'' ބްރޭޑްގެ އިތުރުން އެހެން ބްރޭޑްތައް ބޭނުން ކުރުން ބުއްދިވެރި ކަމަށެވެ.

އެގޮތުން ސަބް-ބްރޭންޑްގެ ގޮތުގައި ''މޯލްޑިވްސް... ދަ ރޮމާންޓިކް ސައިޑް އޮފް ލައިފް"، ''މޯލްޑިވްސް... ދަ ކަލަރ ފުލް ސައިޑް އޮފް ލައިފް" އަދި ''މޯލްޑިވްސް... ދަ ފަން ސައިޑް އޮފް ލައިފް ފަދަ ސްލޯގަންތައް ބޭނުން ކުރުމަށް އެމްއެމްޕީއާރްސީން ވަނީ ވިސްނާފައެވެ.

ރާއްޖޭގައި ފަތުރުވެރިކަން ފަށާފައިވަނީ ވަން އައިލެންޑް ވަން ރިސޯޓް ކޮންސެޕްޓަށްކަން ފާހަގަކޮށް އެމްއެމްޕީއާރްސީން ބުނީ މިހާރު އައު ކޮންސެންޕްޓްތައް ތައާރަފްކޮށް ކުރިއަރުވަން ޖެހޭ ކަމަށެވެ. އަދި މިހާރު ރާއްޖޭގެ ފަތުރުވެރިކަން ސިންދަފާތު ވެފައިވާ ވަރަށް ބަލާއިރު މިއީ މުހިއްމު ބަދަލެއް ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް