ކ. މާލެ
|
13 އޯގަސްޓް 2020 | ބުރާސްފަތި 19:26
ޔުވެންޓަސްގެ ޑިފެންޑަރު މަތިއަސް ޑިލީޓް
ޔުވެންޓަސްގެ ޑިފެންޑަރު މަތިއަސް ޑިލީޓް
ގެޓީ އިމޭޖަސް
ޑިލީޓަށް އަނިޔާވެ ކުޅުމާ ދުރަށް
ކޮނޑުހުޅުގެ އޮޕަރޭޝަނާއެކު ޑިލީޓް ތިން މަހަށް ކުޅުމާ ދުރަށް
މި ސީޒަން ފެށިގެން ޑިލީޓްގެ ކޮނޑުހުޅަށް ވަނީ ކޮންމެވެސް ވަރަކަށް އަނިޔާވެފައި
ޑިލީޓަށް ނާއަށް ބޮޑަށް އަނިޔާވީ މިދިޔަ ޖުލައި މަހުގެ 16 ވަނަ ސަސުއޯލޯއާ ޔުވެންޓަސް އެއްވަރުވި މެޗުގެ ތެރެއިން

ކޮނޑުހުޅުގެ އޮޕަރޭޝަނެއް ކުރުމާ ގުޅިގެން ޔުވެންޓަސްގެ ފަހަތުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ މިތިއަސް ޑިލީޓް ތިން މަހަށް ކުޅުމާ ދުރަށްދާން ޖެހިއްޖެއެވެ.

ޔުވެންޓަސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޑިލީޓްގެ ކޮނޑުހުޅުގެ އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށާއި، އެއާއެކު އޭނާ ތިން މަހަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން މި ސީޒަން ފެށިގެން ޑިލީޓްގެ ކޮނޑުހުޅަށް ވަނީ ކޮންމެވެސް ވަރަކަށް އަނިޔާވެފައެވެ. އަދި އޭނާއަށް ބޮޑަށް އަނިޔާވީ މިދިޔަ ޖުލައި މަހުގެ 16 ވަނަ ސަސުއޯލޯއާ 3-3 ން ޔުވެންޓަސް އެއްވަރުވި މެޗުގެ ތެރެއިންނެވެ. އެހެންކަމުން މި ސީޒަނުގެ ގިނަ މެޗުތަކެއް އަނިޔާގައި ހުރެގެން ޑިލީޓް ކުޅުނު ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

ޑިލީޓަށް އަނިޔާވުމާ ގުޅިގެން، އޭނާއަށް ކުރިއަށް އޮތް ސީޒަނުގެ ފުރަތަމަ ދެ މަސް ދުވަހު ޔުވެންޓަސްއިން ކުޅެން ހުރި މެޗުތައް ގެއްލޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިދިޔަ ސީޒަނުގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުން ޔޫރަޕްގެ ނަން މަޝްހޫރު ގާތްގަނޑަކަށް ހުރިހާ ކްލަބަކުން ހޯދަން މަސައްކަތްކުރި ނެދަލެންޑްސްގެ ޑިލީޓް ޔުވެންޓަސްއަށް ބަދަލުވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އޭނާ ވަނީ މި ސީޒަނުގައި ޔުވެންޓަސްގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މި ސީޒަނުގައި ޔުވެންޓަސްއަށް ކުޅެދިން 39 މެޗުގައި ހަތަރު ލަނޑު ކާމިޔާބުކުރި ޑިލީޓް ވަނީ އެ ޓީމާއެކު މި ސީޒަނުގެ އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް