ކ. މާލެ
|
13 އޯގަސްޓް 2020 | ބުރާސްފަތި 19:11
ޔުވެންޓަސްއަށް ކުޅުނު މިޑްފީލްޑަރު ބްލައިސް މަޓުއިޑީ
ޔުވެންޓަސްއަށް ކުޅުނު މިޑްފީލްޑަރު ބްލައިސް މަޓުއިޑީ
ގެޓީ އިމޭޖަސް
މަޓުއިޑީ މަޔާމީއަށް ބަދަލުވުން
މަޓުއިޑީ އިންޓަ މަޔާމީއަށް ބަދަލުވެއްޖެ
ޔުވެންޓަސްއިން ވަނީ މަޓުއިޑީގެ އެދުމުގެ މަތިން އެއްބަސްވުން އުވާލާފައި
މަޓުއިޑީ މަޔާމީއަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގެ ދަށުން

އެމެރިކާގެ މޭޖާ ލީގުގައި ވާދަކުރަމުން އަންނަ އިންޓަ މަޔާމީ އެފްސީއަށް ޔުވެންޓަސްގެ މިޑްފީލްޑަރު ބްލައިސް މަޓުއިޑީ ބަދަލުވެއްޖެއެވެ.

އިންޓަ މަޔާމީ އަކީ ފުޓްބޯޅަ ލެޖެންޑް ޑޭވިޑް ބެކަމްގެ އޯނާޝިޕް އޮންނަ ޓީމެކެވެ.

ޔުވެންޓަސްއާއެކު އުމުރުން 33 އަހަރުގެ މަޓުއިޑީ ހަދާފައި އޮތް އެއްބަސްވުން އަންނަ އަހަރު ހަމަވަން އޮތް ނަމަވެސް، މަޓުއިޑީގެ އެދުމުގެ މަތިން ޔުވެންޓަސްއިން ވަނީ ބުދަ ދުވަހުގެ ވަގުތެއްގައި އެއްބަސްވުން އުވާލަން ނިންމާފައެވެ. ރިޕޯޓުތައް ބުނާ ގޮތުން ޔުވެންޓަސް ދޫކޮށްލަން މަޓުއިޑީ ބޭނުންވީ އެޓީމުގެ ކޯޗުގެ މަގާމާ ދާދި ފަހުން ހަވާލުވި އަންދްރޭ ޕިރްލޯގެ ޕްލޭނުގައި އޭނާ ނުހިމެނޭތީއެވެ.

ހިލޭ ޓްރާންސްފާއެއްގެ ދަށުން މަޓުއިޑީ އިންޓަ މަޔާމީއަށް ބަދަލުވިއިރު، އެޓީމުގެ ކޯޗު ޑިއޭގޯ އެލޮންސޯ މީގެ ކުރިން ވަނީ މަޓުއިޑީއަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.

މަޓުއިޑީ ދޫކޮށްލިކަން ހާމަކޮށް ޔުވެންޓަސްއިން ނެރުނު ބަޔާނުގައި ބުނީ ވޭތުވެދިޔަ ދުވަސްތަކުގައި މަޓުއިޑީ ކުލަބަށް ކޮށްދިން ޚިދުމަތަށް ޝުކުރުއަދާކުރާ ކަމަށާއި، މަޓުއިޑީއަށް ފާގަތި މުސްތަގުބަލަކަށް އެދޭ ކަމަށެވެ.

މީގެ ތިން އަހަރު ކުރިން ޕީއެސްޖީ ދޫކޮށް ޔުވެންޓަސްއަށް ބަދަލުވި މަޓުއިޑީ ވަނީ އެ ޓީމާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ޔުވެންޓަސްއަށް ކުޅެދިން 133 މެޗުގައި 8 ލަނޑު ކާމިޔާބުކުރި މަޓުއިޑީ ވަނީ ޔުވެންޓަސްއާއެކު އިޓާލިއަން ލީގު ތިން ފަހަރު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް