ކ. މާލެ
|
11 އޯގަސްޓް 2020 | އަންގާރަ 09:55
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން
ޔޫސުފް ސޮފްވާން ރަޝީދު
އެސްޑީއެފްސީ
ކޮވިޑާއި ގުޅިގެން 1760 ފަރާތަކަށް 306 މިލިއަން ރުފިޔާ ދިނުމަށް ނިންމައިފި
 
މި އަހަރުގެ ބަޖެޓުގައި އެސްޑީއެފްސީއަށް 450 މިލިއަން ރުފިޔާ ކަނޑައަޅާފައިވޭ
 
ކަނބަލުންނަށް 98.4 މިލިއަން ރުފިޔާ ދޫކުރުމަށް ވަނީ ނިންމާފައި
 
ޖުމްލަ ދޫކުރުމަށް ހަމަޖެހިފައިވަނީ 306.7 މިލިއަން ރުފިޔާ

ކޮވިޑާއި ގުޅިގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި އަމިއްލަ ވިޔަފާރި ކުރާފަރާތްތައް ހިމެނޭ ގޮތަށް ޖުމްލަ 1،760 ފަރާތަކަށް 306 މިލިއަން ރުފިޔާ ދިނުމަށް އެސްއެމްއީ ޑިވޮލޮޕްމަންޓް އެންޑް ފައިނޭންސް ކޯޕަރޭޝަނުން ނިންމައިފިއެވެ.

ކޮވިޑާއި ގުޅިގެން ލޯންގެ ގޮތުގައި ދޫކުރުމަށް އަދުދަތައް އެސްޑީއެފްސީން ހާމަކޮށްފައިވާއިރު، ވިޔަފާރިތަކުގެ ކެޓެގެރީ އިން ޖުމްލަ 1239 ފަރާތަކަށް 291.2 މިލިއަން ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. އަމިއްލަ މަސައްކަތް ކުރާ ފަރާތްތައް ނުވަތަ ސެލްފް އެމްޕްލޯއިޑް 521 ފަރާތަކަށް ޖުމްލަ 15.5 މިލިއަން ރުފިޔާއާއި އެކު މުޅި ޖުމްލަ 306.7 މިލިއަން ރުފިޔާ ލޯންގެ ގޮތުގައި ދިނުމަށް ނިންމާފައިވާކަމަށް އެސްޑީއެފްސީން ވަނީ ބުނެފައެވެ.

ޖުމްލަ ލޯން ދޫކުރުމަށް ނިންމާފައިވާ ފަރާތްތަކުގެ ތެރޭގައި 462 ކަނބަލުންނަށް ލޯން ދޫކުރުމަށް ނިންމާފައިވެއެވެ. އެގޮތުން އަމިއްލަ ވިޔަފާރިކުރާ ފަރާތްތަކާއި އަމިއްލަ މަސައްކަތް ކުރާ ފަރާތްތައް ހިމެނޭ ގޮތަށް ދޭ 98.4 މިލިއަން ރުފިޔާ މީގެ ތެރޭގައި ހިމެނެއެވެ. އެގިތުން، ކަނބަލުން ހިންގާ 376 ވިޔަފާރިއަކަށް 95،8 މިލިއަން ރުފިޔާ ދޫކުރުމަށް ނިންމާފައިވާއިރު، ކަނބަލުންގެ ތެރެއިން އަމިއްލަ މަސައްކަތް ކުރާ 86 ފަރާތަކަށް 2.5 މިލިއަން ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.

އެސްޑީއެފްސީން ވިޔަފާރިތަކަށް އެހީތެރިވުމަށް ލޯނު ދޫކޮށްފައިވާއިރު މީގެ ކުރިން އެސްޑީއެފްސީން ލޯނު ނަގާފައިވާ ފަރާތްތަކަށް އެ ލޯނު އަނބުރާ ދެއްކުން ހަ މަސް ދުވަހަށް ފަސް ކުރުމަށް ވަނީ ނިންމާފައެވެ.

ލޯނާއި ލޯނުގެ އިންޓްރެސްޓް އަނބުރާ ދެއްކުން ހަ މަސް ދުވަހަށް ފަސްކުރުމުގެ އިތުރަށް، އެ މުއްދަތުގެ ތެރޭގައި ލޯނުގެ އިންޓްރެސްޓް ރޭޓަކީ %4 ކަމުގައި ވަނީ ހަމަޖައްސާފައެވެ. މި ނިންމުމަކީ ކޮވިޑް-19 އާ ގުޅިގެން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން އެސްޑީއެފްސީން ނިންމި ނިންމުމެކެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން މި އަހަރުގެ ބަޖެޓުގައި ވެސް ވަނީ ގިނަ އަދަދަކަށް ފައިސާ ހިމަނާފައެވެ. އެގޮތުން 2020 ވަނަ އަހަރަށް ފާސްކުރި ބަޖެޓުގައި އެސްޑީއެފްސީއަށް 450 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
50%
0%
25%
0%
25%
ކޮމެންޓް