ކ. މާލެ
|
9 އޯގަސްޓް 2020 | އާދީއްތަ 13:15
ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ: އޭނާ އަންނަ ސީޒަނުގައިވެސް ޔުވެންޓަސްގައި މަޑުކުރާނެ
ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ: އޭނާ އަންނަ ސީޒަނުގައިވެސް ޔުވެންޓަސްގައި މަޑުކުރާނެ
ގެޓީ އިމޭޖަސް
ރޮނާލްޑޯ ޔުވެންޓަސްގައި މަޑުކުރުން
"ޔުވެންޓަސްގައި ރޮނާލްޑޯ މަޑުކުރާނެ"
ރޮނާލްޑޯ ގަތުމަށް ޕީއެސްޖީން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައި
ރޮނާލްޑޯއާއެކު ޔުވެންޓަސްއިން ހަދާފާވާ އެއްބަސްވުމުގައި ބާކީ ދެ އަހަރު އެބައޮތް

ކްރިސްޓިއާނޯ ރޮނާލްޑޯ ޔުވެންޓަސްގައި މަޑު ކުރާނެ ކަމަށާއި، ރޮނާލްޑޯ އަކީ ވިއްކާ ކުޅުންތެރިއެއް ނޫން ކަމަށް ޔުވެންޓަސްގެ ރައީސް އަންދްރޭ އެގްނެލީ ވިދާޅުވެއްޖެއެވެ.

ރެއާލް މެޑްރިޑް ދޫކޮށް މިހާރު އުމުރުން 35 އަހަރުގެ ރޮނާލްޑޯ ޔުވެންޓަސްއަށް ބަދަލުވީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި 100 މިލިޔަން ޔޫރޯއަށެވެ. އެފަހަރު ރޮނާލްޑޯ ވަނީ ޔުވެންޓަސްއާއެކު ހަތަރު އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ.

މީގެ ކުރިން ރެއާލް މެޑްރިޑާއެކު ޔުއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ރޮނާލްޑޯ ކާމިޔާބުކުރި ނަމަވެސް، އޭނާއަށް ޔުވެންޓަސްއާއެކު އަދި މިހާތަނަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވިފައެއް ނުވެއެވެ. މި ސީޒަނުގެ ޗެމްޕިއަންސް ލީގުން ޔުވެންޓަސް ވަނީ ދެވަނަ ބުރުން ކަޓާފައެވެ.

ޔުވެންޓަސްގެ ރައީސް އެގްނެލީ ވިދާޅުވީ ޔުވެންޓަސްއާއެކު އެޓީމުގެ ތަރި ރޮނާލްޑޯ ހުރީ އުފަލުން ކަމަށާއި، އަންނަ ސީޒަނުގައިވެސް ރޮނާލްޑޯ ފެނިގެންދާނީ ޔުވެންޓަސްއިން ކަމަށެވެ.

ރޮނާލްޑޯ ގަތުމަށް ފްރާންސްގެ ޕީއެސްޖީން ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، ރިޕޯޓުތައް ބުނާ ގޮތުން ރޮނާލްޑޯ ޕީއެސްޖީއަށް ބަދަލުވާން ބޭނުންވެއެވެ. އެކަމަކު އެގްނެލީ ވިދާޅުވީ ރޮނާލްޑޯއަކީ ވިއްކާ ކުޅުންތެރިއެއް ނޫން ކަމަށާއި، މާލީ ގޮތުން ޔުވެންޓަސް އަޑިއަޅާލި ކަމުގައިވީ ނަމަވެސް، ރޮނާލްޑޯ ވިއްކާ ނުލާނެ ކަމަށެވެ.

އެގްނެލީ އިތުރަށް ވިދާޅުވީ ލިޔޯން އަތުން ޔުވެންޓަސް ބަލިވުމުގެ ޒިންމާ ރޮނާލްޑޯ ނަގަން ނުޖެހޭނެ ކަމަށާއި، ރޮނާލްޑޯއާއެކު ޔުވެންޓަސްއަށް ވާސިލުވާން ބޭނުންވާ ހިސާބަށް ވާސިލްވެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ރޮނާލްޑޯއާއެކު ޔުވެންޓަސްއިން ހަދާފާވާ އެއްބަސްވުމުގައި ބާކީ ދެ އަހަރު އޮތްއިރު، ރޮނާލްޑޯ ވަނީ މި ސީޒަނުގައި ޔުވެންޓަސްގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ރޮނާލްޑޯ ވަނީ އިޓާލިއަން ލީގުގައި މި ސީޒަނުގައި 31 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މި ސީޒަނުގައި ޖުމްލަ 37 ލަނޑު ޔުވެންޓަސްއަށް ކާމިޔާބުކޮށްދީ ރޮނާލްޑޯ ވަނީ އެއް ސީޒަނެއްގައި ޔުވެންޓަސްއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރިކޯޑު މުގުރާލާފައެވެ.

މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ޔުވެންޓަސް ކެޓި ނަމަވެސް، އެޓީމުން ވަނީ ޖެހިޖެހިގެން ނުވަވަނަ ފަހަރަށް އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް