ކ. މާލެ
|
6 އޯގަސްޓް 2020 | ބުރާސްފަތި 04:55
މާރުކޭޓްގައި އަލިފާންގަނޑު ރޯވެފައި، އެސަރަހައްދެއް ވަނީ އަދާހުލިވެފައި
މާރުކޭޓްގައި އަލިފާންގަނޑު ރޯވެފައި، އެސަރަހައްދެއް ވަނީ އަދާހުލިވެފައި
-
އަލިފާނުގެ ހާދިސާ
ދުބާއީގެ މާރުކޭޓެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފި
އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވަނީ ތިން ގަޑިއިރު ފަހުން
އެއްވެސް މީހަކަށް އަނިޔާއެއް ނުވޭ
އަލިފާން ރޯވާން މެދުވެރިވި ސަބަބު ދަނީ ތަހުގީގު ކުރަމުން

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ދުބާއީ އަޖުމަން މާރުކޭޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ތަރުކާރީއާއި މޭވާ ވިއްކާ މިމާރުކޭޓްގައި ބުދަ ދުވަހުގެ އިރުއޮއްސި 6:30 ގައި ރޯވި އަލިފާން ގަނޑު ކޮންޓްރޯލް ކުރެވުނީ ތިން ގަޑިއިރު ފަހުންނެވެ.

އޮފިޝަލުންނާއި ހަވާލާދީ ބޭރުގެ މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި އަލިފާންގަނޑު ނިންވުމުގައި އަޖްމަން ފޯސްއާ ގުޅިގެން ސިވިލް ޑިފެންސް ސްޓޭޝަންގެ ފަޔަރފައިޓަރުންނާއި، ޝަރޖާހް އަދި އުމް އަލްގުއައިން ފަޔަރފައިޓަރުން ވަނީ ހަރަކާތްތެރިވެފައެވެ.

އެސަރަހައްދުން އަދިވެސް ދުން އަރަމުންދާއިރު، އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވަނީ ފެނާއި ފޯމް ޖަހައިގެން ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.

މިއަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ ރިޕޯޓު މިހާތަނަށް ލިބިފައިނުވެއެވެ. މިހާދިސާ ހިނގިއިރު މާރުކޭޓްގެ ގިނަ ފިހާރަތައް ވަނީ ކޮވިޑް-19އާ ގުޅިގެން ބަންދުވެސް ކޮށްފައެވެ.

އަލިފާނުގެ ހާދިސާ ހިނގަން މެދުވެރި ސަބަބު މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް