ކ. މާލެ
|
5 އޯގަސްޓް 2020 | ބުދަ 13:48
ފަހާފައި ހުރި މާސްކުތަކެއް
ފަހާފައި ހުރި މާސްކުތަކެއް
ރާއްޖެއެމްވީ
ފެހުމަށް ބޭނުންކުރާ ސާމާނު
މިހާރު ފެހުމުގެ ބޭނުންތަކަށް އެތެރެކުރާ ސާމާނުން ޑިޔުޓީއެއް ނުނަގާނެ
 
ކުރިން މި ސާމާނުތަކުން 25 އިންސައްތަ ޑިއުޓީ ނަގަމުން އައި
 
އޮގަސްޓު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޑިއުޓީ ނެގުން ވަނީ ހުއްޓާލާފައި
 
މި ބަދަލަކީ އިމްޕޯޓް އެކްސްޕޯޓު ގާނޫނަށް ގެނައި އިސްލާހާއެކު އައި ބަދަލެއް

ތަފާތު އެކިކަހަލަ ތަކެތި ފެހުމަށް ބޭނުންކުރާ ސާމާނުން ޑިޔުޓީއެއް ނުނަގާނެކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.

ކަސްޓަމްސް އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އޮގަސްޓް މަހުގެ 1ން ފެށިގެން މިތަކެތިން ނަގަމުންދިޔަ އިމްޕޯޓް ޑިޔުޓީ ކަނޑާލާފައިވާ ކަމަށެވެ. މި ބަދަލަކީ އިމްޕޯޓް އެކްސްޕޯޓު ގާނޫނަށް ގެނައި އިސްލާހާއެކު އައި ބަދަލެކެވެ.

ފެހުމަށް ބޭނުންކުރަމުން އައި ފަހާ ފޮށިން ކުރިން 20 އިންސައްތަ އިމްޕޯޓް ޑިޔުޓީގެ ގޮތުގައި ނަގަމުންދިޔަ އެވެ. ތިނޯހުން 10 އިންސައްތަ އިމްޕޯޓް ޑިޔުޓީގެ ގޮތުގައި ނަގަމުން އައެވެ. ގޮށާއި، ޒިޕް، ފަހާ މީހުން ބޭނުންކުރަމުން އައި ޗޯކް، އަދި ސިވިންގ ކިޓުން 25 އިންސައްތަ ނަގަމުން އައިސްފައިވެއެވެ.

ފެހުމުގައި މިން ނެގުމަށް ބޭނުންކުރާ ޓޭޕުން 20 އިންސައްތަ ނަގަމުންދިޔައިރު ރިބަން ފަދަ ތަކެތިން 15 އިންސައްތަ ނަގަމުން އައެވެ. އަދި ފޮތިން 15 އިންސައްތަ ނަގަމުން އައިސްފައިވެއެވެ.

އެކްސްޕޯޓު އިމްޕޯޓު ޤާނޫނަށް ގެނައި މިބަދަލާއެކު ގިނަ މުދާތަކުގެ ޑިއުޓީ ކުޑަކުރުމާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީވުމަށްޓަކައި ގިނަ ތަކެއްޗަކުން ވަނީ ޑިޔުޓީ ކަނޑާލާފައި ނުވަތަ ކުޑަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
25%
75%
0%
0%
0%
0%
ކޮމެންޓް
5 އޯގަސްޓް 2020 | ބުދަ 17:59
އެމޫ
25% ކަނޑާލީމަ ރައްޔިތު މީހާ އައްވާ ލުއި ބަލަން މިހުރީ... ތަކެތި ވިއްކަނީ ހަމަ އަގުގަތޯ ބަލާނެ ފަރާތެއް އެބަ ހުރިތޯ...؟؟ އެޕް ވައި އައި: މިހާރު ޑިއުޓީ ނަގާނީ އެފް.އޯ.ބީ ވެލިއު އިން.. އެވެސް އިތުރު ލުޔެއް...