ކ. މާލެ
|
4 އޯގަސްޓް 2020 | އަންގާރަ 21:51
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، ކޮވިޑް-19 ހަލުހިމިނެއްގައި ފެތުރޭތީ ސަރުކާރުގެ އޮފީސްތައް ވަނީ ބަންދުކޮށްފައި
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، ކޮވިޑް-19 ހަލުހިމިނެއްގައި ފެތުރޭތީ ސަރުކާރުގެ އޮފީސްތައް ވަނީ ބަންދުކޮށްފައި
ޔޫސުފް ސޮފްވާން ރަޝީދު
މީރާގެ ޚިދުމަތްތައް
މީރާގެ ޚިދުމަތްތައް އޮންލައިންކޮށް ހޯދުމަށް އިލްތިމާސްކޮށްފި
 
މިމުއްދަތުގައި ގުޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 9821415 މިނަންބަރަށް ގުޅުމަށް ވަނީ އެދިފައި
 
އޮތޯރިޓީއަށް ދައްކަންޖެހޭ އެންމެހައި ޓެކުހާއި ފީތައް އޮންލައިންކޮށް ދެއްކުމަށް އެދިފައިވޭ
 
މިހަފްތާ ތެރޭގައި އޮތޯރިޓީގެ ކައުންޓަރުތަކުން ޚިދުމަތް ނުދޭނެ

ކޮވިޑް-19އާ ގުޅިގެން ސަރުކާރުގެ އޮފީސްތައް ބަންދު ކޮށްފައިވާތީ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ޚިދުމަތްތައް އޮންލައިންކޮށް ހޯދުމަށް އިލްތިމާސްކޮށްފިއެވެ.

މީރާއިން ބުނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، ހިނގަމުންދާ ހަފްތާގައި ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފައިވާތީ 5 އަދި 6 އޮގަސްޓު 2020 ގައި އޮތޯރިޓީގެ ކައުންޓަރުތަކުން ޚިދުމަތް ނުދޭނެ ކަމަށެވެ.

މީރާއިން ބުނީ އޮތޯރިޓީއަށް ދައްކަންޖެހޭ އެންމެހައި ޓެކުހާއި ފީތައް، އޮތޯރިޓީގެ އޮންލައިން ޚިދުމަތް މީރާ ކަނެކްޓް އަދި ވާރުޕޭ މެދުވެރިކޮށް ދެއްކުމުގެ އެދޭ ކަމަށެވެ. އަދި އެހެނިހެން ޚިދުމަތްތައް ވެސް އޮންލައިންކޮށް ހޯދުމަށް މީރާއިން ވަނީ ބުނެފައެވެ.

އެހެންކަމުން މި މުއްދަތުގެ ތެރޭގައި އޮންލައިންކޮށް މި ޚިދުމަތްތައް ހޯދުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މީރާ އިން ބުނީ މި މުއްދަތުގައި ގުޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 9821415 މި ނަންބަރަށް ގުޅުމަށް އެދޭ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް