ކ. މާލެ
|
2 އޯގަސްޓް 2020 | އާދީއްތަ 19:08
އިންޑިއާގެ އިންޓީރިއަރ މިނިސްޓަރ އަމިތު ޝާހު
އިންޑިއާގެ އިންޓީރިއަރ މިނިސްޓަރ އަމިތު ޝާހު
ރޮއިޓަރސް
ކޮވިޑް-19، އިންޑިއާ
އިންޑިއާގެ އިންޓީރިއަރ މިނިސްޓަރ ކޮވިޑަށް ޕޮޒިޓިވްވެ، ހޮސްޕިޓަލުގައި
އޭނާ ކޮވިޑަށް ޓެސްޓުކުރައްވާފައިވަނީ ބަލީގެ އަލާމާތްތައް ފެނުމުން

އިންޑިއާގެ އިންޓީރިއަރ މިނިސްޓަރ އަމިތު ޝާހު ކޮވިޑަށް ޕޮޒިޓިވްވެ، ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ރޮއިޓަރސް އިން ރިޕޯޓުކޮށްފައިވާގޮތުން ޝާހު އަކީ އެގައުމުގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީއާއި ވަރަށް އަރިހުގައި މަސައްކަތް ކުރާވާ ބޭފުޅެކެވެ. އަދި އޭނާއަކީ މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅެކެވެ.

އިންޑިއާ އަކީ މިހާތަނަށް ތިން ވަނަ އަށް އެންމެ ގިނަ ކޭސްތައް ރިޕޯޓުކޮށްފައިވާ ގައުމެވެ. އެގޮތުން 1.7 މިލިއަނަށް ވުރެ ގިނަ ކޭސް ރިޕޯޓުކޮށްފައިވާއިރު 36000 ށް ވުރެ ގިނަ މީހުން ވަނީ ބަލީގައި މަރުވެފައެވެ.

ޝާހު ވަނީ ފާއިތުވި ދުވަސްތަކުގައި އޭނާ އާއި ކޮންޓެކްޓުވެފައިވާނަމަ އައިސޮލޭޓްވެ، ޓެސްޓު ހެދުމަށް އިލްތިމާކުރައްވާފައެވެ. އޭނާ ކޮވިޑަށް ޓެސްޓުކުރައްވާފައިވަނީ ބަލީގެ އަލާމާތްތައް ފެނުމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް