ސްރީލަންކަން އެއަރލައިންސްގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ނިންމައިފިއެވެ.
އެ އެއަރލައިން އިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން 31 އާއި ދެމެދު، ކަނޑައެޅިފައިވާ ދުވަސްތަކެއްގައި ލަންކާގެ ކޮލޮމްބޯއިން ރާއްޖެއަށް ދަތުރުކުރުމަށް ޚާއްސަ ފްލައިޓުތަކެއް ހަމަޖެހިފައިވާކަމަށެވެ.
ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރީ މާޗު 27 ގައެވެ. ތިން މަހަށް ވުރެ ގިނަ ދުވަހަށް ފަހު، ޖުލައި މަހުގެ 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލާފައިވާއިރު، ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތަކަށް ހާއްސަ ޑިސްކައުންޓުތަކެއް ދޭން އެމްއޭސީއެލުން ވަނީ ނިންމާފައެވެ.
 
                             
                        
                
    
 
                     
                        
                
    
 
                        
                
    
 
                        
                
    
