ކ. މާލެ
|
31 ޖުލައި 2020 | ހުކުރު 14:21
ބޮޑުފިނޮޅުގައި މަސައްކަތްކުރާ ބިދޭސީންތަކެއް ލޯޔަރުންނާ ބައްދަލުކުރަނީ
ބޮޑުފިނޮޅުގައި މަސައްކަތްކުރާ ބިދޭސީންތަކެއް ލޯޔަރުންނާ ބައްދަލުކުރަނީ
ޕޮލިސް
ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގުން
ބޮޑުފިނޮޅުގައި ކަރަންޓާއި ފެން ކެނޑި ބިދޭސީން ހާލުގައި
ބުރާސްފަތި ދުވަހުން ފެށިގެން ވަނީ އަސާސީ ހިދުމަތްތައް ކެނޑިފައި
މިކަމާއި ގުޅިގެން ރިޒް ކުންފުނީގެ ބަހެއް ލިބިފައެއްނުވޭ

ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބ. ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުންދާ ބިދޭސީންނަށް ދޭންޖެހޭ އަސާސީ ޚިދުމަތްތައް ނެތްކަމަށް އެރަށުގައި މަސައްކަތްކުރާ ބިދޭސީން ބުނެފިއެވެ.

ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުން އައި ބިދޭސީންނަށް ލިބެންޖެހޭ މުސާރަ ނުލިބޭތީވެ ބިދޭސީން ވަނީ މީގެ ކުރިން މުޒާހަރާކޮށް އެ ރަށުގައި ހުރި ތަކެއްޗަށް ގެއްލުން ދީފައެވެ.

އެސޯސިއޭޓް އޭޝިޔާ ޑައިރެކްޓަރ ފޯރ ހިއުމަންރައިޓްސް ވޮޗް ޕެޓްރީޝިއާ ގޮސްމަން ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ ބޮޑޮފިނޮޅުގައި ބުރާސްފަތި ދުވަހުން ފެށިގެން ކަރަންޓާއި ފެނުގެ ޙިދުމަތް މެދުކެނޑިފައި ކަމަށް ވިދާޅުވެފައެވެ. އަދި ބީދޭސީންނަށް ދޭންޖެހޭ އަސާސީ ޚދުމަތްތައް ފޯރުކޮށްޑީފައިނުވާތީ ޕެޓްރީޝިއާ ވަނީ އެކަން އިދާރާތަކަށް ނޭނގެނީތޯ ސުވާލުކޮށްފައެވެ.

ޕެޓްރީޝިއާގެ ޓްވީޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ޑިފެންސް މިނިސްޓަރ މާރިޔާގެ އިތުރުން ޑިފެންސް މިނިސްޓްރީ އަދި މި މައްސަލައިގައި ހިމެނޭ އާރް.އައި.އެކްސް ކުންފުނީގެ ވެރިޔާ މެމްބަރު އަލީ ރިޒާގެ ރަސްމީ ޓްވިޓަރ އެކައުންޓްތައް ޓެގްކޮށްފައި ވެއެވެ.

ސީލް ކުންފުނިން ރިސޯޓް ތަރއްޤީ ކުރާ ރަށެއް ކަމަށްވާ ބޮޑު ފިނޮޅުގެ ކޮންޓްރެކްޓަރ އެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ އާރް.އައި.އެކްސް ކުންފުންޏާއެވެ. ހާލުގައި ޖެހިފައިވާ ބިދޭސީންނާއި ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް އެ ކުންފުނީގެ އިސްފަރާތްތަކަށް ގުޅާލުމުން ފޯނަށް ޖަވާބުދެއްވާފައި ނުވާތީ ކުންފުނީގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

- ކޮމެންޓް