ކ. މާލެ
|
31 ޖުލައި 2020 | ހުކުރު 10:47
ޔޫއޭއިން ތަމްރީން ކޮށްފައިވާ ކޮވިޑް ބަލި ދެނެގަންނަ ކުއްތާ ފުލުހުންނާއެކު އެއަރޕޯޓުގައި
ޔޫއޭއިން ތަމްރީން ކޮށްފައިވާ ކޮވިޑް ބަލި ދެނެގަންނަ ކުއްތާ ފުލުހުންނާއެކު އެއަރޕޯޓުގައި
އެމިރޭޓްސް ނިއުސް އޭޖެންސީ
ކޮވިޑްއަށް ކުއްތާ ތަމްރީން ކުރުން
ކޮވިޑް ބަލިމީހުން ދެނެގަންނަ ކުއްތާ ޔޫއޭއީ އިން އެއަރޕޯޓުތަކުގައި ބޭނުން ކުރަނީ
މީހަކު ކުއްތާ ހުރަސް ކުރާތާ މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ވައިރަސް ހުރިކަން ކުއްތާ ދެނެގަނޭ

ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އިން ކޮވިޑް ބަލި ޖެހިފއިވާ މީހުން ދެނެގަތުމަށް ކުއްތާ ތަމްރީން ކޮށް އެއަރޕޯޓުތަކުގައި ބޭނުން ކުރަން ފަށައިފިއެވެ.

ފުލުހުންނާއެކު ތަމްރީން ކޮށްފައިވާ ކުއްތާ އެއަރޕޯޓުތަކުގައި މަސައްކަތް ކުރަން ފެށުމުން ކޮވިޑް ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބުރާސްފަތި ދުވަހު އެމިރޭޓްސް ނިއުސް އެޖޭންސީން ހާމަކޮށްފައިވެއެވެ.

މިއީ ކޮވިޑް ބަލި ދެނެގަތުމަށް ދުނިޔޭގެ ގައުމެއްގައި ކުއްތާ ބޭނުން ކުރަންފަށާ ފުރަތަމަ ފަހަރެވެ.

ލުބަނާން އިން ވެސް އަންނަނީ ކޮރޯނާ ވައިރަސް ދެނެގަތުމަށް ކުއްތާ ތަމްރީން ކުރަމުންނެވެ. ނަމަވެސް އަދި އެ ގައުމުގައި އެފަދަ ކުއްތާ ބޭނުން ކުރާކަށް ނުފަށައެވެ.

ތަމްރީން ކޮށްފައިވާ ކުއްތާ ބަލި ދެނެގަންނަނީ މީހުންގެ ހަށިގަނޑުގެ ދަލުގެ ވަހުންނެވެ. އެހެން ކަމުން ކުއްތާ މީހުންގެ ގައިގައި ޖެހޭކަށް ނުޖެހެއެވެ.

އެމިރޭޓްސް ނިއުސް އޭޖެންސީން ބުނެފައިވަނީ، ކޮވިޑް ޖެހިފައިވާ މީހަކު ތަމްރީން ކޮށްފައިވާ ކުއްތާ އެއް ހުރަސްކުރާތާ މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ބަލި ދެނެގަންނަ ކަމުގައެވެ.

ރައްކާތެރި ކަމުގެ ހަރުކަށި ފިޔަވަޅުތަކާއެކު ޔޫއޭއީގެ އެއަރޕޯޓުތައް ފަތުރުވެރިންނަށާއި، އެ ގައުމުގެ ރައްޔިތުންނަށް އަންނަނީ ހުޅުވާލަމުންނެވެ.

- ކޮމެންޓް