ކ. މާލެ
|
31 ޖުލައި 2020 | ހުކުރު 12:59
ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގާ ކުޑަކުދިންގެ ހިޔާގެ މުވައްޒަފުން
ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގާ ކުޑަކުދިންގެ ހިޔާގެ މުވައްޒަފުން
ޖެންޑާ މިނިސްޓްރީ
ޖެންޑާ މިނިސްޓަރުގެ އީދުގެ މެސެޖް
އީދު ދުވަހު ޖެންޑާ މިނިސްޓަރުގެ ޝުކުރު މުވައްޒަފުންގެ ކެތްތެރިކަމަށް
 
ލޮކްޑައުންވެގެން ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތްކުރި
 
އިރުޝާދުތަކާއި އެއްގޮތަށް އަމަލުކުރަން މިނިސްޓަރު އެދިވަޑައިގެންނެވި

އާއިލާއާ ދުރުގައި, ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާ މަރުކަޒު ތަކުގައި ހިދުމަތް ދިނުމުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހިތްވަރާއި ކެތްތެރިކަމަށް މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ތައުރީފް ކުރައްވައިފިއެވެ.

އަޟްޙާ އީދުގެ މުނާސަބަތުގައި ވީޑިއޯ މެދުވެރިކޮށް މީޑިއާތަކަށް ފޮނުއްވެވި މެސެޖެއްގައި ޖެންޑާ މިނިސްޓަރު ވިދާޅުވީ، ކޮވިޑުގެ ހާލަތާ ގުޅިގެން މިނިސްޓްރީން ހިންގަމުންދާ މަރުކަޒުތަކުގައި ލޮކްޑައުންވެގެން ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު އައިޝަތު ދީދީ ވިދާޅުވީ، އެ ތަނުގައި ތިބި މުވައްޒަފުން ހުރިހާ އެންމެންގެވެސް ރައްކާތެރިކަމަށް ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އައިޝަތު ދީދީ ވަނީ އެ މުވައްޒަފުންނަށް ހާއްސަ ޝުކުުރެއް އަދާކުރައްވާފައެވެ.

ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާ މަރުކަޒުތަކުގެ ތެރޭގައި ވިލިމާލެގައި ހުންނަ ކުޑަކުދިންގެ ހިޔާ، ހުޅުމާލޭގައި ހުންނަ ފިޔަވަތި، ހިންމަފުށީގައި ހުންނަ ނެޝަނަލް ޑްރަގް އެޖެންސީގެ އިތުރުން ގުރައިދޫގައި ހުންނަ އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރުކަޒެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މިދިޔަ ފިތުރު އީދާ ހިލާފަށް މި އަހަރުގެ އީދުގައި ކުޑަކުދިންނަށާއި އެ ކުދިން އާއިލާގެ މެމްބަރުންނަށް ބޭރަށް ނިކުމުގެ ކުޑަ ފުރުސަތެއްވެސް ލިބުނީ، ކުދިންނާއި އެކުދިންގެ އާއިލާތަކުން ކިޔަމަންތެރިކަމާއި އެކު އިރުޝާދުތަކާއި އެއް ގޮތަށް އަމަލުކުރުމުން ކަމަށެވެ.

ޖެންޑަރ މިނިސްޓަރ ވަނީ ހުރިހާ ކުޑަކުދިންގެ އާއިލާތަކުން ކަމަކަށް އެދިވަޑައިގެންފައެވެ. އެއީ އީދުގެ އުފާފާޅުކުރަން ބޭރަށް ނިކުތުމުގެ ފުރުސަތު ލިބުނު ކަމުގައިވިޔަސް ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށާއި، ބޭރުގައި އުޅޭއިރު ތިން ފޫޓްގެ ދުރުމިނެއް ބެހެއްޓުމަށާއި މާސްކު އެޅުމުގެ އިތުރުން ސާފުތާރިހު ކަމަށް ސަމާލުކަން ދިނުމަށެވެ.

މިނިސްޓަރުގެ ހިތާބު ނިންމަވާލައްވަމުން އޭނާ ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު މި އީދަކީ ގެވެށި ގުޅުން ބަދަހިކުރުމަށް ފުރުސަތަކަށް ހެދުމަށް އިލްތިމާސްކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ވިލިނގިލީގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފި
ގާޒާ އިން ވަގުތުން އިޒްރޭލް ސިފައިން ފޭބުމަށް އަރަބް ލީގުން ގޮވާލައިފި