ކ. މާލެ
|
31 ޖުލައި 2020 | ހުކުރު 09:14
މިދިޔަ އަހަރުގެ އަޟުޙާ ޢީދު ނަމާދަށް ފަހު ރައީސް، ސަލާމް ކުރައްވަނީ
މިދިޔަ އަހަރުގެ އަޟުޙާ ޢީދު ނަމާދަށް ފަހު ރައީސް، ސަލާމް ކުރައްވަނީ
ރައީސް އޮފީސް
ރައީސް ސޯލިހުގެ އީދު ހިތާބު
މިހާލަތުގައި އީދު ބައްދަލުކުރުމަކީ ހީނަރުވެފައިވާ ގުޅުން ބަދަހިކުރަން ރަނުގެ ފުރުސަތެއް: ރައީސް
 
ގުޅުން ބަދަހިކުރެއްވުމަށް ރައީސް ބާރުއެޅުއްވި
 
ބައްދަލުނުވިޔަސް ގުޅުން ބަދަހިކުރުމުގެ ފުރުސަތު އެބައޮތް: ރައީސް
 
ސުލްހަވެރިކަން ދެމެހެއްޓުމުގެ މުހިންމުކަން ހަނދާނަށް ގެނެސްދޭ އީދެއް

މި އަހަރުގެ އަޟްޙާ އީދު ބައްދަލުކުރީ، ކޮވިޑް-19ގެ ސަބަބުން ހިތްދަތި ތަޖުރިބާތަކެއް ކުރަންޖެހިފައިވާ ދުވަސްވަރެއްގައި ކަމަށާއި، މި ދަނޑިވަޅަކީ ކޮވިޑުގެ ސަބަބުން ހީނަރުވެފައިވާ ގުޅުންތައް އަލުން ބަދަހިކޮށް އާލާކުރުމަށް ލިބޭ ރަނުގެ ފުުރުސަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އަޟްޙާ އީދުގެ މުނާސަބަތުގައި ރައީސް ސޯލިހު ފޮނުއްވި ހިޠާބުގައި އެމަނިކުފާނު ވިދާޅުވީ، ކޮވިޑުގެ ސަބަބުން ދިރިއުޅުމުގެ އާންމު އާދަކާދަތަކާ މުޅިން ހިލާފަށް އުޅެން ޖެހިފައިވިޔަސް، އާއިލީ ގުޅުންތަކާއި ރަޙްމަތްތެރިކަމުގެ ގުޅުންތައް ބަދަހިކޮށް އާލާކުރުމުގެ ފުރުސަތުތައް ތަނަވަސްވެފައި އެބައޮތް ކަމަށެވެ.

ކިތަންމެ ދުރުގައި ތިބެން ޖެހުނަސް، ގޭގެއަށް ޒިޔާރަތް ނުކުރެވުނަސް، އަދި ބޮޑެތި އެއްވުންތަކާއި ހަފްލާތައް ނުބޭއްވުނަސް، އާއިލާގެ މީހުންގެ ހާލު އަހުވާލު އޮޅުންފިލުވައި، އީދުގެ ތަހުނިޔާ ބަދަލުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ މިފަދަ މުނާސަބަތެއްގައި ނުހަނު ބޭނުންތެރި ކަމެއް ކަމަށް ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.

ވަކިން ހާއްސަ ގޮތެއްގައި، ޢާއިލާގައި ހިމެނޭ، އުމުރުން ދުވަސްވީ މީހުންނާއެކު، ފޯނުގެ ޒަރީއާއިންވިޔަސް ވަގުތުކޮޅެއް ހޭދަކޮށްލައި، އެމީހުންގެ ޝުއޫރުތަކާއި އިޙްސާސްތައް އަޑުއަހައިލުމަކީ، މިފަދަ އުފާވެރި ދުވަހެއްގައި އާއިލީ ގުޅުންތައް ދެމެހެއްޓުމަށް ވަރަށް މުހިންމު ކަމެއް
އިބްރާހީމް މުހައްމަދު ސޯލިހު - ރައީސުލްޖުމްހޫރިއްޔާ

އަޟްޙާ އީދަކީ މުސްލިމުންގެ މެދުގައި ގުޅުން ދެމެހެއްޓުމާއި، އެހީތެރިވުމާއި، އެއްބާރުލުމުގެ އިތުރުން އެތައް ގުރުބާނީއެއްގެ ޒިކްރާ އައުކޮށްދޭ މަތިވެރި މުނާސަބަތެއް ކަމަށް އެމަނިކފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި މި އީދަކީ މުޖުތަމައުގެ ހަމަޖެހުމާއި ސުލްހަވެރިކަން ދެމެހެއްޓުމުގެ މުހިންމުކަން އަޅުގަނޑުމެންގެ ހަނދާނަށް ގެނެސްދޭ އީދެކެވެ. އެހެންކަމުން ހައްޖުގެ އިތުރުން އީދާ ގުޅިފައިވާ ހިކްމަތްތައް ހިތްމައްޗަށް ގެނެސް، އެކަކު އަނެކަކަށް މައާފުކޮށް، އަހްވަންތަކަމުގެ ގުޅުން ކުރިއަށް ނެރެ، ސުލްހަޔާއި ހަމަޖެހުމަށް އިސްކަން ދިނުމަށް ރައީސް އިލްތިމާސް ކުރެއްވިއެވެ.

ރައީސްގެ ހިޠާބު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ އިޖުތިމާއި ގައިދުރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމާއެކު އާންމުންގެ ތެރެއަށް ނުކުމެ އުޅުން ވީވަރަކުން މަދުކުރެއްވުމަށް ގޮވާލައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަތިންދާ ބޯޓާއި ހެލިކޮޕްޓަރުގެ ބަދަލުގައި ޑްރޯން، މަގްސަދު ހާސިލްކުރުމުގައި ފައިދާ ބޮޑީ ކޯއްޗެއް؟
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
ޗައިނާގެ 1.37 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ނުކުރާނެކަމަށް އެ ގައުމުން ބުނެފި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ