ކ. މާލެ
|
30 ޖުލައި 2020 | ބުރާސްފަތި 15:19
ޕޮލިސް ލޯންޗްތަކެއް މާލޭ ފަޅުގައި: ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލި މައްސަލައެއްގައި ދެ މީހެއްގެ މައްޗަށް ޓެރަރިޒަމް ދައުވާ ކުރަން ކޯޓަށް މިވަނީ ފޮނުވާފައި
ޕޮލިސް ލޯންޗްތަކެއް މާލޭ ފަޅުގައި: ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލި މައްސަލައެއްގައި ދެ މީހެއްގެ މައްޗަށް ޓެރަރިޒަމް ދައުވާ ކުރަން ކޯޓަށް މިވަނީ ފޮނުވާފައި
ރާއްޖެއެމްވީ
ޓެރަރިޒަމްގެ ދައުވާ ކުރުން
ފުލުހުންގެ ލޯންޗެއްގައި އަލިފާން ރޯކޮށްލި މައްސަލާގައި ދެ މީހެއްގެ މައްޗަށް ޓެރަރިޒަމް ދައުވާކޮށްފި
 
މިފަދަ ބައެއް މައްސަލަތަކުގައި ހަރުކަށި ފިކުރުގެ ބައެއް މީހުން ޝާމިލްވޭ
 
އަލިފާން ރޯކުރުމުގެ ބައެއްކަންކަން ހިންގާ، އެއި ޓެރެރިޒަމް އަމަލެއް

މިއަހަރުގެ މާރިޗް 22 ގައި ލ. ގަން، ތުނޑި ބަނދަރު ސަރަހައްދުގައި އޮތް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލޯންޗެއްގައި އަލިފާން ރޯކޮށްލި މައްސަލައާ ގުޅިގެން ދެ މީހެއްގެ މައްޗަށް ޓެރަރިޒަމް ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

ޕީޖީގެ އޮފީހުން މިމައްސަލާގައި ޓެރަރިޒަމްގެ ދައުވާ ކޮށްފައިވަނީ، މޫސާ އިނާސް، ލ. ގަން ތުނޑި، ކަޅައިދޫފިހިޔާގެ އާއި އަބްދުއްލަތީފް އިބްރާހީމް، ލ. ގަން ތުނޑި، ލަވްސައިޑްގެ މައްޗަށެވެ.

އިނާސް އާއި އަބްދުއްލަތީފްގެ މައްޗަށް ދައުވާ ކޮށްފައިވަނީ، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން، ޓެރެރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާ ފަދަ ލިޔުންތަކަކާއި ވީޑިއޯ އެމީހުގެ ގެންގުޅުނު ކަމަށް ތުހުމަތު ކުރެވޭ ހާޑް ޑިސްކަކުން ފެނިފައިވާތީ އެވެ.

ދައުވާ ކުރި ސަބަބެއް ކަމަށް ބުނެފައިވަނީ، ފުލުހުންގެ ލޯންޗެއް ރޯކޮށްލި މައްސަލައާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން އިނާސްގެ ގެ ބަލާ ފާސްކުރުއިރު، ފެނުނު ލެޕްޓޯޕެއްގެ ހާޑް ދިސްކް ތަހުލީލު ކުރިއިރު، ޓެރެރިސްޓް ޖަމާއަތްތައް ކަމަށްވާ، އިސްލާމިކް ސްޓޭޓް އާއި އަލްގައިދާ އަށް ތާއީދު ކުރާކަން ދޭހަކޮށްދޭ ލިޔުންތަކާއި ވީޑިއޯ ފެނިފައިވާތީ ކަމަށެވެ.

މީގެއިތުރުން، ކޯޓު އަމުރެއްގެ ދަށުން، އަބްދުއްލަތީފްގެ ގެ ބަލާ ފާސްކުރިއިރު، ފެނުނު ހާޑް ޑިސްކެއް ތަހުލީލު ކުރިއިރު، ޓެރެރިސްޓް ޖަމާއަތްތައް ކަމަށްވާ ޖަބްޙަތުއްނުޞްރާ އާއި އަލްގައިދާއަށް ތާއީދު ކުރާކަން ދޭހަކޮށްދޭ ލިޔުންތައް ފެނިފައިވާތީ ކަމަށް ވެސް ބުނެފައި ވެއެވެ.

މި ދައުވާ އެ ދެ މީހުންގެ މައްޗަށް ސާބިތު ވެއްޖެނަމަ، އެއް އަހަރާއި ތިން އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
50%
0%
50%
0%
0%
ކޮމެންޓް
ގުޅުންހުރި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ވިލިނގިލީގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފި
ގާޒާ އިން ވަގުތުން އިޒްރޭލް ސިފައިން ފޭބުމަށް އަރަބް ލީގުން ގޮވާލައިފި