ކ. މާލެ
|
12 އޭޕްރިލް 2017 | ބުދަ 18:47
ޑޯންމަންޑާއި ދެކޮޅަށް ކުޅުނު މެޗުގައި ލެވޮންޑޮސްކީއަށް އަނިޔާވެގެން ބާލަނީ
ޑޯންމަންޑާއި ދެކޮޅަށް ކުޅުނު މެޗުގައި ލެވޮންޑޮސްކީއަށް އަނިޔާވެގެން ބާލަނީ
ގެޓީ އިމޭޖަސް
ލެވޮންޑޮސްކީގެ އަނިޔާ
މިރޭގެ މެޗުގައި ލެވޮންޑޮސްކީއަށް ނުކުޅެވިދާނެ: އަންޗެލޮޓީ
ލެވޮންޑޮސްކީގެ ބަދަލުގައި މުލާ
ތައްޔާރީތަކަށް ބަދަލެއް ނާންނާނެ

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެ ރޭ (މިރޭ) ސްޕެއިންގެ ރިއާލް މެޑްރިޑްއާ ދެކޮޅަށް ޖަރުމަނުގެ ބެޔާން މިއުނިކް ކުޅޭ މެޗުގައި ނުކުޅެވިދާނެ ކަމަށް ބެޔާންގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

 

ކުއާޓަރ ފައިނަލުގައި ފުރަތަމަ ލެގުގައި ރިއާލްއާ ދެކޮޅަށް ނުކުންނައިރު ލެވޮންޑޮސްކީއަށް ނުކުޅެވިދާނެ ކަމަށް އަންޗެލޮޓީ ބުނެފައިވަނީ އޭނާގެ ކޮނޑުހުޅަށް ލިބިފައިވާ އަނިޔާ އަކާއި ގުޅިގެންނެވެ.

 

ލެވޮންޑޮސްކީގެ ކޮނޑުހުޅަށް އަނިޔާވެފައިވަނީ މިދިޔަ އާދިއްތަ ދުވަހު ޖަރުމަނު ލީގުގައި ބޮރޫޝިއާ ޑޯޓްމަންޓާއި ދެކޮޅަށް ކުޅުނު މެޗުގައެވެ.

 

އަންޗެލޮޓީ ބުނި ގޮތުގައި ބެޔާންއިން އެންމެފަހުން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގައި ލެވޮންޑޮސްކީ ބައިވެރިވެފައިވަނީ ވިއްސަކަށް މިނެޓަށެވެ.

 

ޕްރެކްޓިސްގައި ބައިވެރިވި ނަމަވެސް ރެއާލްއާ ދެކޮޅަށް ނުކުންނަ އިރު ޓީމުގައި ހިމެނުމާއި މެދު ގޮތެއް ނިންމާނީ އެންމެ ފަހު ވަގުތު ކަމަށް އަންޗެލޮޓީ ބުނެފައިވެއެވެ.

 

ލެވޮންޑޮސްކީ ވަނީ މި ސީޒަނުގައި މިހާތަނަށް ބެޔާނަށް 38 ގޯލް ޖަހައިދީފައެވެ. އަދި ޗެމްޕިއަންސް ލީގުގައި އޭނާ ވަނީ 7 ގޯލް ޖަހާފައެވެ.

 

އަންޗެލޮޓީ ބުނީ ލެވޮންޑޮސްކީ އަކީ މޮޅު ކުޅުންތެރިއެއް ކަމަށެވެ. ނަމަވެސް ޓީމުގައި އޮތް އިތުބާރަކަށް ބަދަލެއް ނާންނާނެ ކަމަށް އޭނާ ބުންޏެވެ.

 

މީގެ އިތުރުން ބެޔާންއިން މިރޭގެ މެޗަށް ތައްޔާރުވުމަށް އެކުލަވާލާފައިވާ ޕްލޭނާއި ތައްޔާރީތަކަށް ބަދަލެއް ނާންނާނެ ކަމަށް އަންޗެލޮޓީ ބުންޏެވެ.

 

ލެވޮންޑޮސްކީގެ ބަދަލުގައި އެތަން ފޫބައްދާނެ ކުޅުންތެރިއަކީ ޖަރުމަން ފޯވާޑް ތޯމަސް މުލާ އެވެ. ނަމަވެސް މުލާ އެނބުރި ކުޅުމަށް އައިސްފައި މިވަނީ އަނިޔާގައި ހުރުމަށްފަހުއެވެ.

 

މުލާގެ އިތުރުން ފަޔަށް ލިބުނު އަނިޔާއަކާއި ގުޅިގެން ކުޅުމާއި ދުރުގައި ހުރި ގޯލްކީޕަރ މެނުއަލް ނޯޔާ މިރޭގެ މެޗުގައި ކުޅެވޭނެ ކަމަށް އަންޗެލޮޓީ އުއްމީދު ކުރެއެވެ.

 

މިރޭގެ މެޗަށް ނުކުންނައިރު ބެޔާންގެ އެންމެ މުހިތްމު އެއް ކުޅުންތެރިއެއް ކަމަށް ޑިފެންޑަރ މެޓްސް ހަމެލްސްއަށް އަނިޔާގެ ސަބަބުން ނުކުޅެވޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް