ކ. މާލެ
|
30 ޖުލައި 2020 | ބުރާސްފަތި 12:40
މަޑަވެލި ހޯނޑެއްދޫ ކޯޒްވޭ
މަޑަވެލި ހޯނޑެއްދޫ ކޯޒްވޭ
ޓްވިޓަރ
ފެނަކަ
ދެ ރަށެއްގެ އާ އިންޖީނުގެ އިމާރަތްކުރުމުގެ މަޝްރޫއަށް ކުރިމަތިލުމުގެ ފުރުސަތު ފެނެކައިން ހުޅުވާލައިފި
 
މިއީ ކޮންޓްރެކްޓް ފައިނޭންސް އުސޫލުން ހިންގާ ޕްރޮޖެކްޓްތަކެއް
 
މަސައްކަތް ނިމޭއިރު ހިދުމަތް ފެށޭނެ
 
ދިވެހި ކުންފުނިތަކާއި ބޭރުގެ ކުންފުނިތަކަށްވެސް ބިޑް ހުށަހެޅޭ

މަޑަވެލި ހޯނޑެއްދޫ އަދި ފުވައްމުލައް ސިޓީގެ ހަކަތައިގެ މަޝްރޫއު ހިންގުމުގެ ފުރުސަތު ފެނަކަ ކޯޕަރޝަނުން ހުޅުވާލައިފިއެވެ.

ކޮންޓްރެކްޓް ފައިނޭންސް އުސޫލުން ހިންގުމަށް ހުޅުވާލާފައިވަނީ މަޑަވެލި ހޯނޑެއްދޫ ކަރަންޓުގެ އެއް ވިއުގައަކުން ގުޅާލާ މަޝްރޫއާއި ފުވައްމުލައް ސިޓީގެ ހަކަތައިގެ މަޝްރޫއެކެވެ. މަސައްކަތުގައި ހިމެނޭނީ އިމާރާތް ޑިޒައިން ކުރުމުގައި އިންފްރާސްޓަރްކްޗަރގެ މަސައްކަތާއި ހިދުމަތް ފެށުމަށް ބޭނުންވާ މަސައްކަތް ކަމަށް ފެނަކައިން ބުނެއެވެ.

ދިވެހި ކުންފުނިތަކާއި ބޭރުގެ ކުންފުނިތަކަށްވެސް ބިޑް ހުށަހެޅޭ ގޮތަށް ދެ މަޝްރޫއު ހުޅުވާލާފާއިވާއިރު، މަސައްކަތް ނިމޭއިރު ހިދުމަތް ފެށޭނެކަމަށް ފެނަކައިން ބުނެއެވެ. އަދި، މީގެ އިތުރުން ފުވައްމުލަކުގައި ކަރަންޓް ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް ހިމެނޭކަމަށް ފެނަކައިން ވަނީ ފާހަގަކޮށްފައެވެ.

މަޑަވެލި ހޯނޑެއްދޫގެ އައު އިންޖީނުގޭގެ ބިޑް ހުޅުވޭނީ އޯގަސްޓް މަހުގެ 16 ވަނަ ދުވަހުގެ 13:00 އެވެ. އަދި ބިޑް ހުށަހަޅާއިރު ސެކިއުރިޓީއެއްގެ ގޮތުގައި 5000 ޑޮލަރު ހުންނަންޖެހެއެވެ. ފުވައްމުލައް ސިޓީގައި ގާއިމްކުރާ އައު އިންޖީނުގޭގެ ބިޑް އޯގަސްޓް މަހުގެ 16 ވަނަ ދުވަހުގެ ހެނދުނު 10:00ގައި ހުޅުވާއިރު ބިޑް ސެކިއުރިޓީއެއްގެ ގޮތުގައި 10،000 ޑޮލަރު ހުންނަން ޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
100%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަތިންދާ ބޯޓާއި ހެލިކޮޕްޓަރުގެ ބަދަލުގައި ޑްރޯން، މަގްސަދު ހާސިލްކުރުމުގައި ފައިދާ ބޮޑީ ކޯއްޗެއް؟
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
ޗައިނާގެ 1.37 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ނުކުރާނެކަމަށް އެ ގައުމުން ބުނެފި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ