ކ. މާލެ
|
30 ޖުލައި 2020 | ބުރާސްފަތި 12:37
ބުދަ ދުވަހު ވެލާނާ އިންޓަނޭޝަން އެއާޕޯޓްގައި ޖެއްސީ ސްރީލަންކަން އެއާލައިންގެ ކާގޯ ފްލައިޓް
ބުދަ ދުވަހު ވެލާނާ އިންޓަނޭޝަން އެއާޕޯޓްގައި ޖެއްސީ ސްރީލަންކަން އެއާލައިންގެ ކާގޯ ފްލައިޓް
ވެލާނާ އެއާޕޯޓް
ސްރިލަންކަން އެއާލައިންގެ ދަތުރުތައް
ސްރީލަންކަންގެ ޝެޑިއުލް ކާގޯ ފްލައިޓްތަކެއް ރާއްޖެއަށް
 
ފްލައިޓް އިތުރުކުރާނީ ޑީމާންޑަށް ބަލާފައި

ސްރީލަންކާގެ ގައުމީ އެއާލައިން، ސްރީލަންކަންގެ ޝެޑިއުލް ކާގޯ ފްލައިޓްތަކުގެ ދަތުރުތައް ރާއްޖެ ފަށައި ފުރަތަމަ ފްލައިޓް ރާއްޖެ އަތުވެއްޖެއެވެ.

ބުދަ ދުވަހު ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖެއްސި ސްރީލަންކަންގެ ފްލައިޓަށް ވަނީ ވޯޓާ ސެލިއުޓެއް ދީފައެވެ. މި ފްލައިޓް ރާއްޖެ އާއި 45 ޓަނުގެ މުދާ ހިފައިގެންނެވެ. އޭގެ ތެރޭގައި ޒަރޫރީ ގޮތުން ބޭނުންވާ ގިނަ ތަކެތި ހިމެނެއެވެ.

ރާއްޖޭގައި ހުންނަ ސްރީލަންކަންގެ ސޭލްސް އެޖެންސްޓް އޭސް ޓްރެވެލްގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ފިރާގް ވިދާޅުވީ، ޑިމާންޑު އޮންނަ ވަރަކުން ފްލައިޓްތަކުގެ އަދަދު އިތުރުކުރަމުންދާނެ ކަމަށެވެ. އޭނާ ވިދާޅުވީ، ބުދަ ދުވަހު ރާއްޖެއަށް އައި ކާގޯ ފްލައިޓަކީ ދާދީ ފަހުން ސްރީލަންކާގެ ފްލައިޓްތަކަށް އިތުުރުކޮށްފައިވާ ފްލައިޓެއް ކަމަށެވެ.

އޭސް ޓްރެވެލްސް އިން ދަނީ މިހާރުވެސް ސްރީލަންކާއަ ރާއްޖެއާދެމެދު ހަފްތާއަކު ތިން ދަތުުރު ބާއްވަމުންނެވެ. އެކަމަކު މި ފްލައިޓްތަކުގައި އާދެވޭނީ ލަންކާގައި ތިބި ފަރާތްތަކަށެވެ. ރާއްޖެއިން ލަންކާ އަށް ދާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާނީ ލަންކާގެ އެއާޕޯޓް ރަސްމީކޮށް ހުޅުވާލުމުންނެވެ. އެއާއި އެކު ކަސްޓަމަރުންގެ އަދަދަށް ބަލާފައި ފްލައިޓްތައް އިތުރު ކުރެވިގެންދާނެ ކަމަށް އިނަރ މޯލްޑިވްސް އިން މައުލޫމާތުދެއެވެ.

ކޮވިޑާއި ގުޅިގެން ބަންދުކޮށްފައި އޮތް ލަންކާގެ އެއާޕޯޓް ކުރިން ހުޅުވަން އޮތީ އޮގަސްޓު މަހު އެކެއްގައެވެ. އެކަމަކު މިހާރު އެއާޕޯޓް ހުޅުވަން ނިންމާފައިވަނީ އޮގަސްޓު މަހު މެދުތެރޭގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް