ކ. މާލެ
|
30 ޖުލައި 2020 | ބުރާސްފަތި 11:44
ހެލްތް މިނިސްޓަރު އަމީން، ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ
ހެލްތް މިނިސްޓަރު އަމީން، ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ
ރާއްޖެ އެމްވީ
މާލެއިން ރަށްރަށަށް ދާން ބޭނުންވާ މީހުން
ރަށްރަށަށް ދާން 9000 މީހުން އެދިފައިވޭ: އަމީން
 
ބައެއް ރަށްރަށުން އަންނަނީ ކޮވިޑުގެ ކޭސްތައް ފެންނަމުން

މާލެއިން ރަށްރަށަށް ދާން ބޭނުންވެގެން 9000 އެއްހާ މީހުން އެދިފައިވާ ކަމަށާއި، މިއީ ރަށްރަށަށް ދަތުރުކުރަން އެންމެ ރަނގަޅު ދަނޑިވަޅު ނޫން ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެރޭ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ހެލްތް މިނިސްޓަރު ވިދާޅުވީ، އެ ނުވަހާސް މީހުންނަކީ ކޮންމެހެން ދާން ޖެހިގެން ދާ މީހުން ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. ރަށްރަށަށްދާއިރު ޒިންމާދާރުވާން މިނިސްޓަރު ވަނީ ހުރިހާ ފަރާތްތަކަށް ގޮވާލާފައެވެ.

ރަށަށް ދިޔުމަށް ފަހު ރަށުގައި ތިބޭ އުމުރުން ދުވަސްވި މީހުންނާއި ރަށު ތެރެއަށް ބަލި ފެތުރުމުގެ ޖާގަ އެބައޮތް. މި ވަގުތަކީ ޗުއްޓީ ދުވަސްވަރު ކަމަށް ވިޔަސް ޗުއްޓީ ގޮތުގައި އިހު އުޅޭ ފަދައިން ކުޅިވަރު ކުޅުމާއި މީހުން ރަށްރަށަށް ގޮސް ހަރަކާތް ހިންގުމަށް ދާން ކަމަށް ވެއްޖެނަމަ ބަލިން ރައްކާތެރިވުމަށް ކުރާ ބޮޑު ހޭދައާ ކުރާ ބުރަ މަސައްކަތަށް، އެންމެން މި ކަމުގެ ތެރޭގައި މަހެއް ވަންދެން ތިބި ތިބުމަށް އެއްވެސް ފައިދާއެއް ނުފެނި ހިނގައިދާނެ.
އަބްދުﷲ އަމީން - ހެލްތް މިނިސްޓަރު

ރަށްރަށަށް ދާން ބޭނުންވާ މީހުންނަށް ދެވެނީ އެކަމަށް ހާއްސަކޮށްފައިވާ ހުއްދަ އެޗްޕީއޭއިން ނަގައިގެންނެވެ. ރަށްރަށަށްދާ ހުރިހާ އެންމެންވެސް 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރަން ޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
100%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަތިންދާ ބޯޓާއި ހެލިކޮޕްޓަރުގެ ބަދަލުގައި ޑްރޯން، މަގްސަދު ހާސިލްކުރުމުގައި ފައިދާ ބޮޑީ ކޯއްޗެއް؟
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
ޗައިނާގެ 1.37 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ނުކުރާނެކަމަށް އެ ގައުމުން ބުނެފި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ