ކ. މާލެ
|
30 ޖުލައި 2020 | ބުރާސްފަތި 11:40
ބިދޭސީން ފުރުމަށް ކިއޫގައި
ބިދޭސީން ފުރުމަށް ކިއޫގައި
އިމިގްރޭޝަން
ބިދޭސީން ފުރުވާލުން
އޭސް ޓްރެވެލްސްގެ ފަރާތުން 900 ވުރެ ގިނަ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލައިފި
 
އަމާޒަކީ މި އަހަރުގެ ތެރޭގައި 20،000 ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލުން ކަމަށް ސަރުކާރުން ބުނޭ
 
އެމީހުން ފޮނުވާފައިވަނީ، ސްރީލަންކަން އެއާރލައިންސްގެ 5 ފްލައިޓަކުން
 
935 މީހަކު އަނބުރާ ގައުމަށް ފޮނުވާލައިފައިވޭ

އިމިގްރޭޝަންގެ އެހީތެރިކަމާއިއެކު އޭސް ޓްރެވެލްސްގެ ފަރާތުން 900 ވުރެ ގިނަ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލައިފިއެވެ.

މިކަން ހާމަކޮށް އޭސް ޓްރެވެލްސްގެ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު ފިރާގް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފާއިތުވި 10 ދުވަހު ބަންގްލަދޭޝްއަށް ނިސްބަތްވާ 935 މީހަކު އަނބުރާ ގައުމަށް ފޮނުވާލައިފައިވާކަމަށެވެ. އެމީހުން ފޮނުވާފައިވަނީ، ސްރީލަންކަން އެއާރލައިންސްގެ 5 ފްލައިޓަކުންނެވެ.

ބިދޭސީން ފޮނުވާލުމުގެ މަސައްކަތް ފަށާފައިވަނީ ކޮވިޑް-19އާ ގުޅިގެން މާލެ ލޮކްޑައުންކުރި ހިސާބުންނެވެ. މި ލޮކްޑައުން ތެރޭގައި ރާއްޖޭގައި ލިޔެކިއުމެއް ނެތި އުޅޭ ބިދޭސީންގެ ތެރެއިން 4205 މީހަކު އަނބުރާ ގައުމަށް ފޮނުވާލާފައިވެއެވެ. މިއާއި އެކު ކޮވިޑާ ގުޅިގެން ސަރުކާރުން ފެށި ވޮލެންޓަރީ ރިޕެޓްރިއޭޝަން ޕްރޮގްރާމުގެ ތެރެއިން އަނބުރާ ގައުމަށް ފޮނުވާލެވުނު ބިދޭސީންގެ ޖުމްލަ އަދަދު ވަނީ 14،000 ގާތްކޮށްފައެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ތެރެއިން ލައްކައަކާއި ގާތްކުރާ އަދަދަކަށް ގަވާއިދާ ހިލާފަށް ބިދޭސީން އުޅެމުން އަންނަ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މުޅި މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން އިކޮނޮމިކް މިނިސްޓްރީން ދަނީ މިހާރުވެސް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިކޮނޮމިކް މިނިސްޓަރ ވަނީ އަމާޒަކީ މި އަހަރުގެ ތެރޭގައި 20،000 ބިދޭސީން އެ މީހުންގެ ރުހުމުގައި އަނބުރާ ގައުމަށް ފޮނުވާލުން ކަމަށް ވިދާޅުވެފައެވެ. އަދި އަނބުރާ ގައުމަށް ދާން ބޭނުންވާ ފަރާތްތަކަށް ސަރުކާރުން ވަނީ ލުއި ފަސޭހަ ގޮތްތަކެއް ހުޅުވާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
80%
0%
0%
0%
20%
ކޮމެންޓް
ގުޅުންހުރި
މަތިންދާ ބޯޓާއި ހެލިކޮޕްޓަރުގެ ބަދަލުގައި ޑްރޯން، މަގްސަދު ހާސިލްކުރުމުގައި ފައިދާ ބޮޑީ ކޯއްޗެއް؟
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
ޗައިނާގެ 1.37 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ނުކުރާނެކަމަށް އެ ގައުމުން ބުނެފި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ