ކ. މާލެ
|
30 ޖުލައި 2020 | ބުރާސްފަތި 17:28
7 ފެބުރުއަރީ 2012 ވަނަ ދުވަހު ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން
7 ފެބުރުއަރީ 2012 ވަނަ ދުވަހު ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން
ރާއްޖެއެމްވީ
ބަގާވަތް ކުރި މައްސަލަ
ބަގާވާތަށްފަހު ރާއްޖެއަށް ސިޔާސީ ހަމަޖެހުމެއް ނުލިބޭ: ރައީސް ނަޝީދު
 
ސިޔާސީ ހަމަ ނުޖެހުމުގެ ސަބަބުން ގެއްލުން ވަނީ ރައްޔިތުންނަށް
 
ރައީސް ސޯލިހު އަކީ ވެސް މަޝްވަރާ ކުރައްވައިގެން ކަންކަން ނިންމަވާ ބޭފުޅެއް
 
ރަނގަޅުވެރިކަމުގެ ނިޒާމެއް ހިންގޭނީ ވާދަވެރި ސިޔާސީ ޕާޓީތައް ސިޔާސީ ނިޒާމުގަ ބައިވެރިވެވިގެން

މަޝްވަރާގެ މޭޒަށް އައުމަށް އަބަދުވެސް މަރުޚަބާ ކިޔާ ކަމަށާއި، ނަމަވެސް ބަގާވާތަށްފަހު ދިވެހިރާއްޖެއަށް ސިޔާސީ ހަމަ ޖެހުމެއް ނުލިބޭ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ ރަނގަޅު ވެރިކަމުގެ ނިޒާމެއް ހިންގޭނީ ވާދަވެރި ސިޔާސީ ޕާޓީތައް ސިޔާސީ ނިޒާމުގައި ބައިވެރިވެވިގެން ކަމަށާއި، މަޝްވަރާ މޭޒަށް އައުމަށް އަބަދުވެސް މަރުޚަބާ ކިޔާ ކަމަށެވެ. އަދި މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަކީ ވެސް މަޝްވަރާ ކުރައްވައިގެން ކަންކަން ނިންމަވާ ބޭފުޅެއްކަން ނަޝީދު ފާހަގަކުރެއްވިއެވެ.

ނަޝީދު ވިދާޅުވީ ވާދަވެރިންނަކީ ކޮބައިކަން އެނގެން ޖެހޭ ކަމަށާއި، ވާދަވެރި ލީޑަރު ކަނޑައެޅޭ ގޮތެއް އެބަ ސާފުވާންޖެހޭ ކަމަށާއި، އެ ލީޑަރުގެ ކެބިނެޓް ވެސް ސާފުވާން ޖެހޭ ކަމަށެވެ. އެގޮތުން އެލީޑަރާއި އެ ލީޑަރުގެ ކެބިނެޓް ސަރުކާރަށް އެނގެން ޖެހޭ ކަމަށާއި، އެ ނިޒާމަށް ދިއުމަށް ނަޝީދު ގޮވާލެއްވިއެވެ.

ޚާއްސަ ގޮތެއްގައި ވާދަވެރި އިހްލާސްތެރި ލީޑަރަކީ ކޮބާތޯ ދިވެހިންނަށް އެނގެން އެބަ ޖެހޭ ދިވެހި ސަރުކާރުގެ ފަރާތުން ދައްކާ ވާހަކަ ރައީސުލްޖުމްހޫރިއްޔާ އެއީ ސަރުކާރުގެ އެންމެ މަތީވެރިޔާ ދައްކަވާފަ އަދި ވާދަވެރިންގެ ފަރާތުން އިހުލާސްތެރި އަދި ވާދަވެރި ލީޑަރު ވާހަކަ ދެއްކެވީމަ ކަމާކާ ގުޅޭ ގޮތުން ދިވެހިން ދެކޭ ގޮތުގެ 80 ،90 ޕަސެންޓް އެދެވޭހަކަ ތެރޭގައި ހިމެނޭނެ. މިދަންނަވާހެން މިކަންކަން ސާފުވެފައި ނޯންނާނާތީވެ ދެން އަޅުގަނޑުމެންނަށް މިފެންނަނީ ހަވާސާގައިވާ ވާހަކަތައް މިއަންނަނީ މައިގަނޑުގެ ތެރެއަށް. އެހެންވީމަ ރައްޔިތުން ސީދާ ބޭނުންވާ ކަންކަން މިހާރު މިހިނގާ މުއާމަލާތްތަކުން ފާހަގަވެގެން ނުދޭ.
ރައީސް މުހައްމަދު ނަޝީދު

އެމްޑީޕީ އަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދިގު ވެރިކަން ހިނގަމުން ދިޔައިރު ވާދަވެރި ސިޔާސީ ނިޒާމެއް އުފެއްދުމަށް މަސައްކަތް ކުރި ޕާޓީކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ޕާޓީގެ އެންމެ ބޮޑު އަމާޒަކަށްވީ ރަނގަޅު ޑިމޮކްރޮޓިކް ނިޒާމެއް ހިންގުން ކަމަށެވެ.

އަޅުގަނޑު ވެސް ވާދަވެރި ފަރާތްތަކަށް އަދި އެހެން ހުރިހާ ފަރާތްތަކަށް ވެސް އެދެން ދަންނަވަން ވަޑައިގަންނަވާށޭ. ވަޑައިގެން މަޝްވަރާގެ މޭޒުގައި ތިއްބަވައިގެން ވާހަކަ ދައްކަވއިގެން ކަންކަން ނިންމަވާށޭ. އަޅުގަނޑުމެން އެނޫން ގޮތަކަށް ކަން ކުރަން އުޅެނީ ނަމަ އަޅުގަނޑު ދެކޭ ގޮތުގައި ދިވެހިންނަށް އަނެއްކާ ވެސް ވަރަށް ބޮޑު ހިތާމައާ ކުރިމަތިވާނެ.
ރައީސް މުހައްމަދު ނަޝީދު

ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަން ވައްޓާލުމަށް 2012 ވަނަ އަހަރު ހިންގި ބަގާވާތަށްފަހު ދިވެހިރާއްޖެއަށް ރަނގަޅު ސިޔާސީ ހަމަ ޖެހުމެއް ލިބިފައިނުވާ ކަމަށެވެ. އެ ސިޔާސީ ހަމަ ނުޖެހުމުގެ ސަބަބުން ގެއްލުން ވަނީ ރައްޔިތުންނަށް ކަމަށާއި، އިގްތިސާދަށް ލޮޅުން އަރާ ކަމަށެވެ. އެގޮތުން އާމްދަނީ މަދުވެ، ދިރިއުޅުމުގެ ފެންވަރު ދަށަށްދާކަން ނަޝީދު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ އަމާޒަކީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކޮށްދިނުން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
83%
0%
17%
0%
0%
ކޮމެންޓް
31 ޖުލައި 2020 | ހުކުރު 23:58
ދިވެއްސެއް
ބަގާވަތް ކުރިއްޔާ ކުރީ ކެނެރީގޭ މުހައްމަދު ނަީދު
31 ޖުލައި 2020 | ހުކުރު 17:28
މާހިރާ
ސިޔާސީ ހަމަނުޖެހުން ފެށުނީ ޕާޓީ ސިސްޓަމް ގެނައިފަހުން.
30 ޖުލައި 2020 | ބުރާސްފަތި 19:16
ޙަ ބީބ ބު.
މިސަރުކާރު ފޭލިވެއްޖެ ހދ އަތޮޅުގެ ފަތުރުވެރިކަން ނެތިޒުވާނުން ވަޒީފާތަކުން ރަށައްފޮނުވާ ބިކަހާލުގަ ޖެހިއްޖެ ސިއްހީނިޒާމު ފުނޑިއްޖެ ރިސޯޓު މުވައްޒަފުންނައް ސަޕްލިމެންޓްރީ ބަޖެޓެއްފާސްކޮއް ޕެންޝަން ފަންޑުގަހުރި އެމީހެއްގެ ފައިސާގެ %50 މިހާރުން މިހާރައްދޫކުރޭ.
ގުޅުންހުރި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
ޗައިނާގެ 1.37 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ނުކުރާނެކަމަށް އެ ގައުމުން ބުނެފި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި