ކ. މާލެ
|
30 ޖުލައި 2020 | ބުރާސްފަތި 08:09
ރައީސް މުހައްމަދު ނަޝީދު، އަބަދުވެސް ބަރުލަމާނީ ނިޒާމަށް ތާއީދު ކުރާކަމަށް ވިދާޅުވެފައިވޭ
ރައީސް މުހައްމަދު ނަޝީދު، އަބަދުވެސް ބަރުލަމާނީ ނިޒާމަށް ތާއީދު ކުރާކަމަށް ވިދާޅުވެފައިވޭ
ރައްޔިތުންގެ މަޖިލިސް
ބަރުލަމާނީ ނިޒާމުގެ ވެރިކަން
ގައުމެއްގެ ވެރިކަން ހިންގަން އޮތް ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމު: ރައީސް ނަޝީދު
 
ބަރުލަމާނީ ނިޒާމެއް ގެނައުމަށް ނިންމާނީ ރައްޔިތުން
 
ރިޔާސީ ނިޒާމެއް އޮންނާނެ ކަމަށް ކަނޑައެޅީ 2007 ވަނަ އަހަރު
 
ބަރުލަމާނީ ނިޒާމު ގެނައުމާ ބެހޭ ގޮތުން އަބަދުވެސް މަޝްވަރާތައް ކުރިއަށްދޭ

ގައުމެއްގެ ވެރިކަން ހިންގަން އޮތް ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ އަބަދުވެސް ތާއީދު ކުރަނީ ބަރުލަމާނީ ނިޒާމަށް ކަމަށާއި، ގައުމެއްގެ ވެރިކަން ހިންގަން އޮތް ހަމައެކަނި ނިޒާމަކީ ވެސް ބަރުލަމާނީ ނިޒާމު ކަމަށެވެ. ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމު ގެނައުމުގެ މަޝްވަރާތައް ކޮންމެ ރެއަކު ވެސް ކޮންމެ މެންދުރަކު ވެސް ކުރިއަށްދާ ކަަމަށެވެ.

ސަރުކާރު ހިންގުމުގައި އަޅުގަނޑު އަބަދުވެސް އަޅުގަނޑު ހަނދާންވާ ގޮތުގައި އަޅުގަނޑު އަކުރު އޮޅުން ފިލީއްސުރެ އަޅުގަނޑު ދެކޭ ގޮތުގައި ގައުމެއްގެ ވެރިކަން ހިންގަން އޮތް ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމު.
ރައީސް މުހައްމަދު ނަޝީދު

ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމެއް ބެލުމަށް 2007 ވަނަ އަހަރު ފެންނަ ނުފެންނަ ވޯޓެއްލެވުނެވެ. އެ ވޯޓުން ރައްޔިތުން ނިންމީ ރާއްޖޭގައި އޮންނަންވާނީ ރިޔާސީ ނިޒާމެއް ކަމަށެވެ.

ބަރުލަމާނީ ނިޒާމާ ބެހޭ ގޮތުން 23 ޖޫންގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިިދާޅުވީ އައު ގާނޫނު އަސާސީ އެކުލަވާލިއިރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަންވެސް ކުރެއްވި ރައީސް ސޯލިހު ވިދާޅުވީ، ގާނޫނު އަސާސީ އެކުލަވާލިއިރުގައި ނިޒާމުގެ ވާހަކައަކީ ރައްޔިތުން ކައިރިއަށް ގޮސް ރައްޔިތުންގެ އަޑު އަހައިގެން ނިންމާފައި އޮތް ނިންމުމެއް ކަމަށާއި، ބަރުލަމާނީ ނިޒާމެއް ގެނައުމާއި މެދުވެސް ގޮތެއް ނިންމާނީ ރައްޔިތުން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
10%
40%
0%
40%
10%
0%
ކޮމެންޓް
ގުޅުންހުރި