ކ. މާލެ
|
29 ޖުލައި 2020 | ބުދަ 12:22
އިންޑިއާގައި ރެންޑަމް ސާމްޕްލިންގ ކުރިއަށް ގެންދަނީ
އިންޑިއާގައި ރެންޑަމް ސާމްޕްލިންގ ކުރިއަށް ގެންދަނީ
ދި ގާޑިއަން
ކޮވިޑް-19، އިންޑިއާ
އިންޑިއާއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 1.5 މިލިއަނަށް ވުރެ މައްޗަށް
އިންޑިއާއިން އެންމެ ފުރަތަމަ ކޭސް ފެނިފައިވަނީ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު
ބަލި ޖެހިގެން އިންޑިއާއިން 34،193 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވޭ

އިންޑިއާއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 1.5 މިލިއަނަށް ވުރެ މައްޗަށް އަރައިފިއެވެ.

އެގައުމުގެ ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެގައުމުން1,531,669(އެއް މިލިއަން ފަސްލައްކަ ތިރީސްއެއްހާސް ހަސަތޭކަ ފަސްދޮޅަސް) މީހުންނަށް ބަލި ޖެހުނު ކަމަށް ރިޕޯޓުކޮށްފައިވެއެވެ. މިއާއި އެކު އިންޑިއާ ވެގެން ދަނީ އެމެރިކާއާއި ބްރެޒިލްއަށް ފަހު އެންމެ ގިނަ ކޭސް ރިޕޯޓުކޮށްފައިވާ ގައުމަށެވެ.

މި ބަލި ޖެހިގެން އިންޑިއާއިން 34،193 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ. އަދި 988029 (ނުވަ ލައްކަ އަށްޑިހަ އަށްހާސް ނަވާވީސް) މީހުން ވަނީ ފަރުވާ ލިބިގެން ބަލިން ފަސޭހަވެފައިވެއެވެ.

އިންޑިއާއިން އެއް މިލިއަން މީހުންނަށް ބަލި ޖެހުނު ކަމަށް ރިޕޯޓުކޮށްފައިވަނީ ޖުލައި މަހުގެ 17 ވަނަ ދުވަހުއެވެ. އަދި އެގައުމުން އެންމެ ފުރަތަމަ ކޭސް ފެނިފައިވަނީ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ. ތުން އިންޑިއާއިން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު މިލިއަނަކަށް އަރާފައިވަނީ އެ ޤައުމުން އެންމެ ފުރަތަމަ ބަލި ފެނުނުތާ 175 ދުވަސް ފަހުން ކަމަށް އެ ޤައުމުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.

- ކޮމެންޓް