ރާއްޖެއިން އިތުރު 137 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
އަންގާރަ ދުވަހު ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭއިން) ކުރި ޓްވީޓެއްގައި ބުނީ، އަންގާރަ ހަވީރު 6:00 ގެ ނިޔަލަށް ރާއްޖެއިން އިތުރު 137 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 92 މީހުންނަކީ ދިވެހިން ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.
ޕޮޒިޓިވްވި މީހުންގެ ތެރޭގައި ބަންގްލަދޭޝްއަށް ނިސްބަތްވާ 31 މީހަކާއި، އިންޑިއާއަށް ނިސްބަތްވާ 9 މީހެއްގެ އިތުރުން، ސްރީލަންކާއަށް ނިސްބަތްވާ 4 މީހަކާއި، ފިލިޕިންސް ރައްޔިތަކުވެސް ހިމެނޭ ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ. އެއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 3506 އަކަށް އަރާފައެވެ.
އަންގާރަ ދުވަހު އެއްވެސް މީހަކު ބަލިން ފަސޭހަވެފައިނުވާއިރު، ރާއްޖެއިން ކޮވިޑް-19 ޖެހިގެން ރަނގަޅުވި މީހުންގެ އަދަދު ވަނީ 2547ށް އަރާފައެވެ. އަދި މިވަގުތުގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 929އެވެ.
އޭގެ އިތުރުން، މިވަގުތުވެސް 580 މީހަކަށް އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާދެމުންދާކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ
އަންގާރަ ދުވަހަކީ މިހާތަނަށް ކޮވިޑް-19ގެ ޕޮޒިޓިވް ކޭސްތައް ރިޕޯޓު ކުރެވުނު ފުރަތަމަ ދުވަހެވެ.
ޚާއްސަކޮށް ފުރަބަންދަށް ލުއި ދިނުމުގެ 3 ވަނަ މަރުޙަލާ ފެށި ފަހުން ދުވާލެއްގެ މައްޗަށް ފެންނަމުންދާ ކޭސްތަކުގެ ތެރޭގައި ގިނައީ ދިވެހިންނެވެ.