ކ. މާލެ
|
28 ޖުލައި 2020 | އަންގާރަ 18:59
ރެއާލްގެ ފޯވާޑް މަރިއާނޯ ޑިއާޒް: އޭނާ ކޮވިޑް-19ށް ޕޮޒިޓިވްވިކަން އެ ކްލަބުން ވަނީ ހާމަކޮށްފައި
ރެއާލްގެ ފޯވާޑް މަރިއާނޯ ޑިއާޒް: އޭނާ ކޮވިޑް-19ށް ޕޮޒިޓިވްވިކަން އެ ކްލަބުން ވަނީ ހާމަކޮށްފައި
ގެޓީ އިމޭޖަސް
މަރިއާނޯ ކޮވިޑް-19ށް ޕޮޒިޓިވްވުން
ކޮވިޑް-19ށް ޕޮޒިޓިވްވެ މަރިއާނޯއަށް ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅެވޭނެ
ރެއާލްގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ކޮވިޑް-19ށް ޓެސްޓް ކޮށްފައި
މަރިއާނޯ ކޮވިޑް-19ށް ޕޮޒިޓިވްވުމާ ގުޅިގެން އޭނާ މިހާރު ވަނީ އައިސޮލޭޝަނަސް ބަދަލުކޮށްފައި

ރެއާލް މެޑްރިޑްގެ ފޯވާޑް މަރިއާނޯ ޑިއާޒް ކޮވިޑް-19ށް ޕޮޒިޓިވް ވެފައިވާކަން އެ ކްލަބުން ހާމަކޮށްފިއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގަށް ތައްޔާރުވުމުގެ ގޮތުން ފަރިތަކުރުންތައް ފެށުމުގެ ކުރިން ރެއާލްގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ހޯމަ ދުވަހު ވަނީ ކޮވިޑް-19ށް ޓެސްޓު ކޮށްފައެވެ.

ރެއާލުން އަންގާރަ ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ކްލަބަށް ކުޅެމުން އަންނަ ފޯވާޑް މަރިއާނޯ ކޮވިޑް-19ށް ޕޮޒިޓިވް ވެފައިވާ ކަމަށާއި، އެކަމަކު އެހެން ކުޅުންތެރިންނާއި އޮފިޝަލުންގެ ޓެސްޓުގެ ނަތީޖާ ނެގެޓިވް ކަމަށެވެ. އަދި މަރިއާނޯގެ ހާލު ރަނގަޅު ކަމަށާއި އޭނާ ކޮވިޑް-19ށް ޕޮޒިޓިވް ވިއިރު، އޭނާގެ ގައިން އެއްވެސް އަލާމާތެއް ފެނިފައި ނުވާ ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ރެއާލުން އިތުރަށް ބުނީ މަރިއާނޯ ކޮވިޑް-19ށް ޕޮޒިޓިވްވުމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން އެ ކްލަބުން ބަލަމުން ގެންދާނެ ކަމަށާއި، އަދި ކުޅުންތެރިންނާއި އޮފިޝަލުންގެ ރައްކާތެރިކަމަށް މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރާނެ ކަމަށެވެ.

ކޮވިޑް-19ށް މަރިއާނޯ ޕޮޒިޓިވްވުމާ ގުޅިގެން އޭނާ މިހާރު ވަނީ އައިސޮލޭޝަނަށް ބަދަލުކޮށްފައެވެ. އަދި ކޮވިޑް-19ށް ޕޮޒިޓިވްވުމާ ގުޅިގެން މަރިއާނޯއަށް ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ރަށުން ބޭރުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅެވޭނެއެވެ.

ކޮވިޑް-19 އާ ގުޅިގެން ފަސްކުރި ޗެމްޕިއަންސް ލީގު އޮގަސްޓް މަހު އަލުން ފަށާއިރު، ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ސިޓީ ވަނީ ރަށުން ބޭރުގައި 2-1 ން ރެއާލްގެ މައްޗަށް ކުރިހޯދާފައެވެ. ޗެމްޕިއަންސް ލީގު އަލުން ފަށާއިރު، ކުއާޓާއާ ހިސާބުން މެޗުތައް ކުޅުމަށް ޔުއެފާއިން ނިންމާފައިވަނީ ޕޯޗުގަލްގެ ލިޒްބަންގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް