ކ. މާލެ
|
28 ޖުލައި 2020 | އަންގާރަ 15:24
ސާޖިއޯ އަގުއޭރޯ ސިޓީގެ މެޑިކަލް ޓީމާއެކު: އޭނާއަށް އަނިޔާވީ އިނގިރޭސި ޕްރިމިއާ ލީގުގައި ބާންލީ އަތުން ސިޓީ މޮޅުވި މެޗުގައި
ސާޖިއޯ އަގުއޭރޯ ސިޓީގެ މެޑިކަލް ޓީމާއެކު: އޭނާއަށް އަނިޔާވީ އިނގިރޭސި ޕްރިމިއާ ލީގުގައި ބާންލީ އަތުން ސިޓީ މޮޅުވި މެޗުގައި
ގެޓީ އިމޭޖަސް
އަގުއޭރޯގެ ކަކުލުގެ އަނިޔާ
ރެއާލާ ދެކޮޅަށް ސިޓީ ކުޅޭ މެޗުގައި އަގުއޭރޯއަށް ނުކުޅެވޭނެކަން ޔަގީންވެއްޖެ
އަގުއޭރޯއަށް އަނިޔާވީ ބާންލީ އަތުން ސިޓީ މޮޅުވި މެޗުގައި
މީގެ ކުރިން ގާޑިއޯލާ ވަނީ ރެއާލާ ދެކޮޅަށް ސިޓީ ކުޅޭ މެޗުގައި އަގުއޭރޯއަށް ކުޅެވިދާނެ ކަމުގެ އިޝާރާތެއް ދީފައި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ރެއާލް މެޑްރިޑާ ދެކޮޅަށް އަމިއްލަ ދަނޑުގައި ސިޓީ ކުޅޭ މެޗުގައި އިތުބާރު ފޯވާޑް ސާޖިއޯ އަގުއޭރޯއަށް ނުކުޅެވޭނެކަން ޔަގީންވެއްޖެއެވެ.

އަގުއޭރޯގެ ކަކުލަށް އަނިޔާވީ މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގައި 5-0 ބާންލީ އަތުން ސިޓީ މޮޅުވި މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ. އެ މެޗުގައި އަގުއޭރޯގެ ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ ވަނީ ބަދަލުކޮށްފައެވެ. އަދި ކަކުލަށް ލިބުނު އަނިޔާއަށް އިތުރު ފަރުވާ ހޯދަން އަގުއޭރޯ ސްޕެއިންގެ ބާސެލޯނާއަށް ދިޔައިރު، އަގުއޭރޯ ވަނީ ކަކުލުގެ އޮޕަރޭޝަނެއް ކޮށްފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން އަނިޔާއިން ރަނގަޅުވެ އަގުއޭރޯއަށް އެނބުރި ކުޅުމުގައި ބައިވެރިވެވޭނީ ހަ ހަފުތާ ފަހުންނެވެ.

މީގެ ކުރިން ގާޑިއޯލާ ވަނީ ރެއާލާ ދެކޮޅަށް ސިޓީ ކުޅޭ މެޗުގައި އަގުއޭރޯއަށް ކުޅެވިދާނެ ކަމުގެ އިޝާރާތެއް ދީފައެވެ. އެކަމަކު އަންގާރަ ދުވަހު ގާޑިއޯލާ ބުނީ ރެއާލާ ދެކޮޅަށް ކުޅޭ މެޗުގައި އަގުއޭރޯއަށް ނުކުޅެވޭނެ ކަމަށާއި، އަގުއޭރޯގެ އަނިޔާ ސީރިއަސް ކަމަށެވެ. އަދި ކުޅުންތެރިއަކު އަނިޔާއިން އެއްކޮށް ރަނގަޅު ނުވަނީސް ކުޅުމުގައި ބައިވެރިކުރުން އެއީ އޭނާ ކުރާނެ ކަމެއް ނޫން ކަމަށްވެސް ބުންޏެވެ.

ކޮވިޑް-19 އާ ގުޅިގެން ފަސްކުރި ޗެމްޕިއަންސް ލީގު އޮގަސްޓް މަހު އަލުން ފަށާއިރު، ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ސިޓީ ވަނީ ރަށުން ބޭރުގައު 2-1 ން ރެއާލްގެ މައްޗަށް ކުރިހޯދާފައެވެ. އެހެންކަމުން އަންނަ މަހު ހަތްވަނަ ދުވަހު ސިޓީ ދަނޑުގައި ރެއާލާ ދެކޮޅަށް ކުޅޭ ދެވަނަ ލެގުގެ މެޗު އެއްވަރުކޮށްލައިގެންވެސް، ސިޓީއަށް ކުއާޓާފައިނަލްގެ ޖާގައެއް ކަށަވަރުކުރެވޭނެއެވެ.

ޗެމްޕިއަންސް ލީގު އަލުން ފަށާއިރު، ކުއާޓާއާ ހިސާބުން މެޗުތައް ކުޅުމަށް ޔުއެފާއިން ނިންމާފައިވަނީ ޕޯޗުގަލްގެ ލިޒްބަންގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް