ކ. މާލެ
|
28 ޖުލައި 2020 | އަންގާރަ 11:25
ހއ. ކެލާ ބަނދަރު: ހޯމަ ދުވަހުގެ ރޭ އެރަށު މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވް ވެފައި
ހއ. ކެލާ ބަނދަރު: ހޯމަ ދުވަހުގެ ރޭ އެރަށު މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވް ވެފައި
އެމްޓީސީސީ
ކޮވިޑް-19އަށް ކެލާ މީހަކު ޕޮޒިޓިވްވުން
ކެލާއިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ
އެމީހަކީ ކެލާ އާއި މާލެއާ ދެމެދު ބޯޓު ދަތުރުކުރާ ފިރިހެނެއް
ޕޮޒިޓިވްވިކަަން އެނގުނީ އަލާމަތްތައް ހުރެގެން ހެދި ދެ ވަނަ ޓެސްޓުން

ހއ. ކެލާއިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

ކެލާ ކައުންސިލްގެ ނާއިބު ރައީސް އާމިނަތު އިސްމާޢީލް "ރާއްޖެއެމްވީ"އަށް ވިދާޅުވީ ޕޮޒިޓިވްވީ، ޕޮޒިޓިވްވި މީހާގެ ފުށުން ކޮވިޑް-19ގެ އަލާމާތެއް ފެންނާތީ ފުރަތަމަ ހެދި ޓެސްޓް ނެގެޓިވްވި ނަމަވެސް، ދެވަނަ ފަހަރު ހެދި ޓެސްޓްގެ ނަތީޖާ ޕޮޒިޓިވް ވެފައިވާ ކަމަށެވެ. ދެ ވަނަ ޓެސްޓްގެ ނަތީޖާ ލިބުނީ ހޯމަ ދުވަހުގެ ރޭ ކަމަށް ވެސް އާމިނަތު ވިދާޅުވިއެވެ.

އާމިނަތު ވިދާޅުވީ، އެމީހާގެ ފުށުން ރަށުގައި ދިރިއުޅޭ މީހުންނާ މާބޮޑު ކޮންޓެކްޓެއް ވެފައި ނުވާ ކަމަށާއި، އޭނާއަކީ އެ ރަށާއި މާލެއާއި ދެމެދު ދަތުރު ކުރާ ބޯޓެއްގައި މަސައްކަތް ކުރާ ފިރިހެނެއް ކަމަށެވެ.

އާމިނަތު ވިދާޅުވީ، އޭނާ ޕޮޒިޓިވްވުމާއެކު، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާ ގޮތުގެ މަތިން އަމަލު ކުރަމުންދާ ކަމަށާއި ކޮންޓެކްޓް ޓްރޭސިންގ ހެދުމާއި، ކޮންޓެކްޓްވި މީހުން ކަރަންޓީނު ކުރަމުންދާ ކަމަށެވެ.

ހއ. ކެލާ އިން މީހަކު ހޯމަ ދުވަހު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު ހޯމަ ދުވަހު ވަނީ ރ. އިނގުރައިދޫ މީހަކު ވެސް ކޮވިޑް-19އަށް ޕޮޒިޓިވް ވެފައެވެ. އަދި ރިސޯޓެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ބ. އަތޮޅު ފިނޮޅުގައި މަސައްކަތްކުރާ 4 ބިދޭސީއަކު ވެސް ހޯމަ ދުވަހު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

- ކޮމެންޓް